Ad

މާފަރުގައި ޓޫރިޒަމް ތަރައްޤީކުރުން : 50 ކޮޓަރީގެ ސިޓީ ހޮޓަލުގެ މަޝްރޫޢު އިޢުލާންކޮށްފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

މި ސިޓީ ހޮޓާގެ މަސައްކަތަށް 4،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ކަނޑައަޅާފަ އެވެ.

ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ އަހަރު 706 ފްލައިޓް މޫވްމެންޓް ރެކޯޑްކުރެވިފައިވެ އެވެ.

މާފަރު އެއާޕޯޓް ތަރައްގީކޮށްފައިވަނީ އެއާބަސް އޭ320 އާއި ބޮއިން 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށެވެ.

މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑުކުރުމަށް ނިމިދިޔަ ސަރުކާރުގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އެއާޕޯޓް ތަރައްގީކުރުމަށް އެމްޓީސީސީއަށް ދީފައިވާ މަޝްރޫއާމެދު މި ސަރުކާރުން ވަކި ގޮތެއް ނުނިންމަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *