Ad

އެސްޓީއޯއަށް ގެނައި ޝިޕްމެންޓާއިއެކު އިނގުރާއި ލޮނުމެދުގެ އަގު ބާޒާރުގައި ހެޔޮވެއްޖެ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިނގުރާއި ލޮނުމެދުގެ ޝިޕްމެންޓެއް ރާއްޖެ ގެނެސް ހެޔޮ އަގެއްގައި ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އިނގުރު ބަސްތާއެއް މިހާރު 273 ރުފިޔާއަށް ލިބޭނެ އެވެ. އަދި ފަސް ބަސްތާ ގަންނަ ނަމަ ބަސްތާއެއް 263 ރުފިޔާއަށް ލިބޭނެ ކަމަށެވެ.

ލޮނުމެދު ބަސްތާއެއް 302 ރުފިޔާއަށް ވިއްކަމުންދާއިރު ފަސް ބަސްތާ ގަންނަ ނަމަ ބަސްތާއެއް 292 ރުފިޔާއަށް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ އިން އިނގުރާއި ލޮނުމެދު ރާއްޖެ ގެނެސްފައި މިވަނީ ރާއްޖޭގެ ބާޒާރުގައި އިނގުރާއި ލޮނުމެދުގެ އަގު ކުޑަކޮށް އުފުލެން ފަށާފައިވަނިކޮށެވެ.

ރައްޔިތުން ބޭނުންވާ އަސާސީ ތަކެތި ރޯދަ މަހާ ދިމާކޮށް އަގު ބޮޑުވާތީ އެފަދަ ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯ އިން އަބަދުވެސް މުހިއްމު ދައުރެއް އަދާކުރެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *