Ad

ހީނާ ވިދާޅުވަނީ ރާއްޖޭގައި ދަރަނި ދެއްކުމުގެ ގާބިލްކަން އެބަހުރި ކަމަށް

ދަރަނި ދެއްކުމުގެ ގާބިލުކަން ރާއްޖޭގައި، ދިވެހި ސަރުކާރުގައި،  އެބަ ހުރިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ބޭރުގެ ލޯނާއި ސްކޫކް ޑިފޯލްޓް ވެދާނެކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަދައްކައި އާންމުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލާފައިވާ މިދަނޑިވަޅުގައި ހީނާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު މީގެ ކުރިން އެއްވެސް ވެރިކަމެއްގައި ދަރަނި އިތުރު ނުވާ ވަރަށް ދަރަނި އިތުރުވެފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ދައްކަން ޖެހޭ ދަރަނީގެ އަދަދު ވަރަށް ބޮޑުކަން ހީނާ ފާހަގަ ކުރެއްވި އެވެ.

މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ ކަމަކީ ދަރަނިތައް ދެއްކުމުގެ މަސައްކަތްކަމަށް ހީނާ ވިދާޅުވި އެވެ.

މިހާތަނަށްވެސް މި ސަރުކާރުން އައީ ގިނަ މަސައްކަތްތަކެއް ކޮށްގެން ދަރަނި ދައްކަމުން ކަމަށާއި ކުރިއަށް އޮތްތާވެސް ސަރުކާރުން މަސައްކަތް ކުރާނީ މި މަގުންކަމަށް ހީނާ ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާ ވާހަކައަކީ މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ވަރަށް ގިނައިން ދައްކަމުންދާ ވާހަކަ އެކެވެ. އެގޮތުން މިދިޔަ ސަރުކާރުން ރާއްޖޭގެ އިގްތިސޯދު އަނދަވަޅަކަށް ވައްޓާލިކަން މި ސަރުކާރުން ވަރަށް ބޮޑަށް ފާހަގަ ކުރެ އެވެ. މާލީ ގޮތުން ރާއްޖެ މިހާ ބޮޑު އަނދަވަޅަކަށް ވެއްޓުނީ މިދިޔަ ސަރުކާރުން ތަނެއް ދޮރެއް ނުބަލާ ނަގާފައިވާ ލޯނުތަކުގެ ސަބަބުންކަމަށް ސަރުކާރުގެ އިސްވެރިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *