Ad

ރައީސް ޑރ. މުޢިއްޒުއާ ހަވާލުވުވެވަޑައި ގެންނެވުނީ ނޮޅާ ވީދާފައިވާ ގައުމެއްގެ އޮނިގަނޑާ

ހަޤީގަތަށް ލޯބިކުރާ ދިވެހި ކޮންމެ ރައްޔިތަކު މިކަމަށް އިއުތިރާޒެއް ނުކުރާނެއެވެ. ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ގައުމުގެ ވަލިއްޔުލް އަމުރުގެމަގާމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ގައުމު ވަނީ ވީދާ ނިޅާ އޮނިގަނޑަކަށް ހަދާލާފައެވެ. އިގްތިސާދީ ހާލަތެވެ. އިޖުތިމާއީ ފޭރާމެވެ. ގައުމިއްޔަތަށް އޮތް ލޯތްބެވެ. އިހްތިރާމްކުރުމާއި ގާނޫނާއި ގަވާއިދަށް ބޯނުލެބުމުގެ އާދައަށް ލޯބިކުރާ ޒުވާން އާބާދީއެވެ.

ދިވެހި ގައުމު ޑރ. މުޢިއްޒުއަށް ސެލިއުޓުކުރަނީ އެހުރިހާ ކަންކަމަކާމެދު ރައްޔިތުގެ ލޯ ހުޅުވާލަދީ، އޭގެ ހައްލުތަކަށް މަސައްކަތް ފައްޓަވާފައިވާތީއެވެ. އެކަމަށްޓަކައި އާންމު ގަޔާނުވާ ނުވަތަ މަގުބޫލުކަންކުޑަ އެތައް ކަމެއް އޮތީ ކުރައްވަން ޖެހިވަޑައިގެންފައެވެ.

އެމެރިކާގެ އިގްތިސާދީ ހާލަތާމެދު ކަންބޮޑުވެވަޑައިގެން ޕާލިއަމެންޓް މެންބަރަކު ވިދާޅުވެފައިވަނީ ގައުމަށް ހެޔޮއެދޭ ވެރިއަކުނަމަ މިހާލަތުގައި ސިޔާސީ ތާއީދު ބޮޑުކުރުމަށްވުރެ ބޮޑަށް ވިސްނަވާނީ ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭތޯއެވެ.

ޑރ. މުޢިއްޒު ކަންކުރައްވަނީ އެވިދާޅުވި ފަދައިންނެވެ. އެމަނިކުފާނު ރައްޔިތުންނަށްވެވަޑައިގެންފައިވާ ވަރަށް ގިނަ ވައުދުތަކެއް އެބަހުއްޓެވެ. ރަށްރަށުގެ ތަރައްގީއަށް ހިންގަވަން ބޭނުންފުޅުވާ އެތައް މަޝްރޫއެއް ލިސްޓުކުރައްވާފައި އެބަހުއްޓެވެ. ޒުވާނުންނަށް ހެޔޮ ގޮތްތައް ތަނަވަސްކޮށްދެއްވުމަށް ބޭނުންފުޅުވެގެން ކުރަހާފައިވާ ރީތި ތަސައްވުރެއް އެބައޮތެވެ. މަސްވެރިންގެ ހިތްތަކަށް އުފާވެރިކަން ގެނުވާނެ ރޭވުންތައް އެބަހުއްޓެވެ.

އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައިވަނީ ގައުމުގެ އިގްތިސާދުގައި އެހުރިހާ ކަމެއް ކުރާނެ ވަރެއް ނެތް ކަމަށެވެ. އަދި ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތަށް ބަދަލު ގެންނެވުމުގެ މަސައްކަތް ފަހަތަށް ޖައްސާލައި އެހެންކަންކަން މިހިނދަށް އިސްކުރެއްވެން ނެތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ރައީސަށް އެބައޮތް ފައިސާ ޗާޕުކޮށްގެން، ގޭންގުތައް ރުއްސައިގެން، ބިދޭސީންގެ ކަންކަން ވާނެގޮތެއްވާން ދޫކޮށްލައިގެން ފަސޭހަ ވެރިކަމެއް ކޮށްލެވެން. އެހެންވެރިންނާ ޑރ. މުޢިއްޒުއާ ހުރި ތަފާތަކީ ގައުމު އިސްކުރެއްވުން. އެމަނިކުފާނަށް މުހިއްމުވީ މަގުބޫލުކަމާއި މަޝްހޫރުކަމަށްވުރެ ގައުމަށް ހެޔޮގޮތްވުން. ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށްދިނުން،" ލ. ގަމުދާއިރާއިރާގެ ޕީއެންސީގެ މެންބަރު ވިދާޅުވިއެވެ. "ހަގީގަތުގައި ރައްޔިތުންނަށްވުރެ ކުރިން ހިތިބޭސް އެބައްލަވަނީ ހުދު ރައީސް. ރައްޔިތުންނަށް ވަގުތީ ކުޑަ ތަދުކަމެއް އިހްސާސް ކުރެއްވުނަސް އެމަނިކުފާނު އެކުއްވަނީ އެއްވެސް ވެރިއަކަށް ކުރައްވަން ކެރިވަޑައިނުގެންނެވި ކަންކަން. ތޮށިގަނޑެއްގެ ގޮތުގައި އޮތް މިގައުމު ގައުމެއްގެ ގޮތުގައި އަލުން ނަގާ ކޮޅަށް ޖެއްސެވުމަށް ކެނޑިނޭޅި އެމަސައްކަތް ކުރައްވަނީ. އިގްތިސާދު ހަމައަކަށް އަޅުއްވައި، ބިދޭސީންގެ މައްސަލަ ހައްލުކުރައްވައި، ގޭންގްތަކުގެ ނުފޫޒު ކުޑަކުރުވައި، ވަޅުޖަހާފައިވާ އިޖުތިމާއީ މަސްލަތާއި ދުޅަހެޔޮކަމަށް އަލުން ދިރުން ގެންނެވުން. މިއީ ވަރަށް ބައިވެރު މަސައްކަތް. ވަރަށް ކެތްތެރިވެގެން، ކަޓު ހުރެގެން މެނުވީ ނުކުރެއްވޭނެ ކަންކަން."

ހަގީގަތުގައިވެސް ރައީސް ޑރ. މުޢިއްޒުއަށް ތައުފީފު ހައްގެވެ. ރައީސް ޔާމީންގެ ވެރިކަމުގައާއި އެމްޑީޕީގެ ވެރިކަމުގައި އުސޫލެއް ނެތި ނަގާފައިވާ ބޭރުގެ ދަރަނި ބޮޑުކަމުން އެފައިސާ ދެއްކުމަށް ގައުމުގެ ރިޒާވް ހުސްކޮށްލަން ޖެހިވަޑައިގަތެވެ. ކޮވިޑްގެ ނަމުގައި ހައްދެއްނެތި އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކޮށްފައިވާތީ، މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތީ ޑިފޯލްޓަކަށް ދާ ހިސާބުގައެވެ. އެހެންވެ ހުރިހާ ކަމަކަށްވުރެ އިގްތިސާދު ހަމަ މަހަށް އަޅުއްވައި، ގައުމަށާއި ރައްޔިތުންނަށް ލިބިދާނެ އިގްތިސާދީ ދާއިމީ ތަދުކަމުން ސަލާމަތް ކުރެއްވުމަށްޓަކައި މަގުބޫލުނޫން އެތައް ފިޔަވަޅެއް ގެންދަވަނީ އަޅުއްވަމުންނެވެ. މިއީ ގައުމަށް ހެޔޮއެދިވަޑައިގަންވާ ވެރިންގެ ނަމޫނާއެކެވެ. އިޖުތިމާއީ އަދުލް ގާއިމްކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވައި ސިޔާސަތުގައި ރާއްވަވަމުން އެގެންދަވަނީ ރައްޔިތުންގެ މާދަމާ އުޖާލާކުރެއްވުމުގެ ހެޔޮ ނިޔަތުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *