Ad

ލިކުއިފައިޑް ނެޗުރަލް ގޭސް ބޭނުންކޮށްގެން ކަރަންޓު އުފައްދަން ހުށަހެޅުމެއް

ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރަން ސިންގަޕޫރުގެ ކުންފުންޏަކުން ހުށަހަޅައިފި އެވެ.

މި ނިޒާމު ގާއިމުކުރަން ހުށަހެޅީ ސިންގަޕޫރުގެ ޗީ އެނާޖީ ކުންފުނިންނެވެ. އެ ކުންފުނިން ވަނީ މި ނިޒާމުގެ ޕްރޮޕޯޒަލް އެންވަޔަރަމަންޓް މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް ބޭއްވި ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމްގެ އިތުރުން އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިފަދަ ނިޒާމެއް ގާއިމުކުރުމުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮޕޯސަލްއާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެލްއެންޖީ ކަރަންޓު އުފައްދާ ނިޒާމުތަކަކީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފައްދާ ނިޒާމުތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *