Ad

50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އިންޑިއާއިން ފަސްކޮށްދީފި

ރާއްޖެއިން ބަޖެޓް ސަޕޯޓަށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އިންޑިއާއިން ފަސްކޮށްދީފި އެވެ.

ބަޖެޓު ސަޕޯޓަށް ދިވެހި ދައުތަލުން ނެގީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ ޓްރެޝަރީ ބޮންޑަށް ދައްކަން ޖެހޭ ލޯނުގެ ފައިސާ ދެއްކުން އިތުރު އެއް އަހަރަށް މިހާރު ފަސްކޮށްދީފައިވާ ކަމަށެވެ.

މިއީ މިއަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާކޮށްފައެވެ.

ލޯނު ދެއްކުން ފަސްކޮށްދިން އިރު މި އަހަރުގެ މެއި މަހުގެ އަށަކުން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި ވެސް  ފޮރިން މިނިސްޓަރު މޫސާ ޒަމީރުވަނީ އެކަމަށް އެދިވަޑައިގެންފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރާ ކަމަށެވެ.

އަދި އެ އެހީތެރކަން ލިބިގެން ދިޔައީ އިގުތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ދުވަސްވަރެއްގައި ކަމަށް ވެސް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *