Ad

ބަންކަރިންގެ ޚިދުމަތް ފަށައިފި؛ މިނިސްޓަރު ވިދާޅުވީ ޚިދުމަތް ފެށުނަ ނުދޭން ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރިކަމަށް

ބަންކަރިންގެ ހިދުމަތް ފެށުނު ނުދޭން ދައުލަތުން ލައްކައިން މުސާރަ ނަގާ ބޭފުޅުން ރެޔާ ދުވާލު މަސައްކަތް ކުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް އެންމެ ހަ މަސް ދުވަހުގެ ތެރޭގައި ބަންކަރިންގެ ހިދުމަތް އެސްޓީއޯއިން ފެށީ ދުނިޔޭގައި ބަންކަރިންގެ ހިދުމަތުގައި އެންމެ މަޝްހޫރު އެއް ކުންފުނި ވިޓޯލްއާއެކު ކަމަށެވެ.

އަދި އެ ކުންފުންޏަކީ 55 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ފަށަން ރައީސްގެ އިރުޝާދާއެކު ތެދުވިއިރު ވަރަށް ގިނަ ޝައްކުކުރާ ފަރާތްތައް ތިބި ކަމަށެވެ.

"އޭގެ ތެރޭގައި ދައުލަތުން ލައްކައިން މުސާރަ ނަގާ ބޭފުޅުން ވެސް. ވަހުމް އުފައްދާ ޝައްކުކުރުވާ ހަމަ މިކަން ވިޔަނުދިނުމަށްޓަކައި ފައިވިއްދާފައި. ވިޔަ ނުދިނުމަށްޓަކައި ރާއްޖެ ބަނގުރޫޓްކުރުމާއި މިކަން ވެސް ވިތަ ނުދިނުމަށްޓަަކައި އަޒުމް ކަނޑައަޅައިގެން 200،000 ރުފިޔާގެ މުސާރަ ނަގައިގެން ހަމަ ރެއާއި ދުވާލު ބޮޑެތި ވާހަކަތައް ދައްކަމުން ދިޔައީ" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ މަސް ދޯންޏެއްގައި އިންޖީނު އެޅިތާ ވެސް އަދި މިވީ 50 އަހަރު ދުވަސް ކަމަށާއި އަދި އޭރު ރަޢީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެކަން ކުރަން އުޅުމުން މަސް އައިންތައް ފިލާނެކަމަށާއި އެއީ ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫން ކަމަށް އޭރު ބައެއް މަސްއޮޑިވެރިން ބުނެ އުޅުނު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *