Ad

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ތިން މެމްބަރުން، ޗެއާޕާސަން އަކަށް ހަބީބު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަންކުރަން ބޭނުންވި ތިން ޑިރެކްޓަރުން ހަމަަޖައްސައިފި އެވެ.

ބޯޑަށް މެމްބަރުން ހޮވައި ބޯޑުގެ ޗެއާޕާސަން އައްޔަންކުރީ ބޭންކުން މިއަދު ބޭއްވި އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް)ގައެވެ.

ބޯޑަށް މިއަދު އައްުޔަންކުރެއްވި ބޭފުޅުންނަކީ ޗެއާމަން އަހްމަދު އަލީ ހަބީބާއި، މުހައްމަދު ޝާހިދުގެ އިތުރުން އަލީ އިރުފާން އެވެ.

ބީއެމްއެލްގެ އީޖީއެމްގައި މިއަދު ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ އަހްމަދު އަލީ ހަބީބެވެ. ހަބީބަކީ ޕްރިންސިޕަލް ސެކްރެޓަރީ ޓް ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައިވެސް ހުންނެވި ބޭފުޅާ އެވެ. އޭނާ ކެބިނެޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވި ކަމެއް އެނގިފައެއް ނުވެ އެވެ.

ސަރުކާރުން ބޯޑަށް އައްޔަންކޮށްފައިވާ ޑިރެކްޓަރުން

  • އަޙްމަދު އަލީ ހަބީބު، ސ. ހިތަދޫ، ނޫވިލާގެ،
  • އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 04-35
  • އާދިލް މޫސާ، ބ. އޭދަފުށި، ފެންއާރު،
  • ޑރ. މަރްޔަމް ސުޒީ އާދަމް، ކ. މާލެ، މ. އެމޭޒަން،
  • އަލީ އިރުފާން، ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ،
  • މުހައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90،
  • އަބްދުالله ނަސީމް، ހއ. ފިއްލަދޫ، ކަރަންކާ ވިލާ،
  • މޫސާ ރަޝީދު، ކ. މާލެ، މ. ގަސީމް،
  • ނަޖީމް އިބްރާހީމް ޒަކަރިއްޔާ، ކ. މާލެ، މ. ދާޝީން،

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކޮށްފައިވާ ޑިރެކްޓަރުން

  • އަބްދުالله ނަސީމް، ހއ. ފިއްލަދޫ، ކަރަންކާ ވިލާ،
  • މޫސާ ރަޝީދު، ކ. މާލެ، މ. ގަސީމް،
  • ނަޖީމް އިބްރާހީމް ޒަކަރިއްޔާ، ކ. މާލެ، މ. ދާޝީން،

ބީއެމްއެލްގެ ބޯޑަށް މިއަދު ބައެއް ޑިރެކްޓަރުން އައްޔަންކުރިއިރު ބީއެމްއެލް ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ހުންނެވި އައިޝަތު ސަޖުނީ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި ބޯޑުގައި ހުންނެވި އައިޝަތު ނޫރައްދީންވެސް މިިދިޔަ މަހު ވަނީ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އޭނާ އަދިވެސް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރައްވަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *