Ad

ސައުދީއާއެކު އޮތީ އިސްލާމީ ބަދަހި ގުޅުމެއް: ރައީސް

ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާ އާ ދެމެދު އޮންނަ ގުޅުން ބިނާވެފައި ވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސައުދީގެ 94 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެ އާއި ސައުދީ އާ ދެމެދު އޮންނަ ގުޅުން ބިނާވެފައި ވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އެ ގުޅުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަސް ސައުދީގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1932 ވަނަ އަހަރު އެ ގައުމުގެ ބާނީ އަދި ކުރީގެ ރަސްގެފާނު އަބްދުލްއަޒީޒް ބިން އަބްދުއްރަހްމާން އަލް ސައުދު ގައުމު އެއްބައިކުރި ކުރުން ފާހަގަކުރުމުގެ ގޮތުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *