Ad

ރައީސް ޑރ. މުޢިއްޒުގެ އިންޑިއާ ދަތުރުފުޅު ވަރަށް ކާމިޔާބު: އިންޑިއާ ސަފީރު

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ނިމިގެން މިދިޔަ ހަފްތާގައި ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ ރައީސް މުއިއްޒުގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ބައްދަލުވުމުން ވަރަށް ރަނގަޅު ނަތީޖާތަކެއް ނެެރެވުނު ކަމަށެވެ.

އެގޮތުން އެ ބައްދަލުވުމުން ރާއްޖެއާއި އިންޑިއާއާ ދެމެދު  އިގުތިސާދީ އަދި ކަނޑުމަތީ ސަލާމަތާ ގުޅޭ ވަރަށް ފުރިހަމަ ޕާޓްނާޝިޕްއެއްގެ ތަސައްވަރު އެކުލަވާލެވުނު ކަމަށެވެ.

އަދި އޭގެ އިތުރުން ރައީސް އިންޑިއާގެ ބެންގަލޫރާއ މުމްބާއީއަށް ކުރެއްވި ދަތުރުފުޅުގެ މައިގަނޑު އަމާޒަކަށްވީ އިގުތިސާދީ ގޮތުން ގުޅުންތައް އިތުރަށް ގާއިމުކުރުން ކަމަށެވެ.

ރައީސް މުއިއްޒު ވަނީ އެ ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ދެ ސިޓީގެ ވިޔަފާރި ކޮމިއުނިޓީތަކާއި ބައްދަލުކުރައްވައިފަ އެވެ.

އިންޑިއާ ސަފީރު ވިދާޅުވީ ބެންގަލޫރާއި މުމްބާއީގެ ބައްދަލުވުންތަކުން ވެސް ރަނގަޅު ނަތީޖާތަކެއް ނެރެވުނު ކަމަށެވެ.

"ރައީސްގެ ދެކަނބަލުން ތާޖުމަހަލްއަށް ޒިޔާރަތްކުރެއްވިގެން ދިއުމަކީ ވެސް ލިބުނު ވަރަށް ބޮޑު ހިތްހަަމަޖެހުމެއް" ސަފީރު އިތުރަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *