Ad

ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއުތަކާ ބެހޭ ދިރާސާތަކާ ބެހޭ ބައްދަލުވުމެއް

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހިންގާ މަޝްރޫޢުތަކުގެ ފަހުގެ ދިރާސާތަކާއި ގުޅޭ ބައްދަލުވުމެއް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބާއްވައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީ އިން މިކަން ހާމަކޮށްފައިި ވަނީ، ރައީސް އޮފީހުގެ ‘ސަރުކާރު’ ވެބްސައިޓުގައި ޝާއިރުކުރި ހަބަރެއްގަ އެވެ.

މި ބައްދަލުވުމަކީ ޗައިނާގެ އެހީގެ ދަށުން ރާއްޖޭގައި ހިންގާފައިވާ އަދި ހިނގަމުންދާ މަޝްރޫޢުތަކުގެ ފެންވަރު ވަޒަންކުރުމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ މަޝްރޫޢުތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނެ އެވެ.

އެ މިނިސްޓްރި އިން ބުނީ، މި ބައްދަލުވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ތޯއާމް މުޙައްމަދު، މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ނަޡީމް، ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤު އަދި މިނިސްޓްރީގެ އެހެނިހެން އިސް ވެރިންނާއި ޓެކްނިކަލް ޓީމުގެ މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މީގެ އިތުރުން، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ބޭފުޅުންނާއި، ޗައިނާގެ މިނިސްޓްރީ އޮފް ކޮމާރސް އަދި މިނިސްޓްރީ އޮފް ފައިނޭންސްގެ ބޭފުޅުންނާއި، ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސް ބޭފުޅުންވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *