Ad

އީސީގެ މެންބަރު ކަމަށް ރައީސް ހުށައެޅުއްވީ ހަސީބުގެ ނަން

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އަބްދުލް ހަސީބް އިސްމާއީލް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން މަގާމަށް އައްޔަނު ކުރުމަށް ފެނިވަޑައިގަންނަވާ ބޭފުޅާގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނި މަޖިލީހަށް ފޮނުވާފަ އެވެ. މަޖިލީހަށް ރައީސް ހުށަހަޅުއްވާފައިވަނީ ހަސީބުގެ ނަމެވެ. އަދި މަގާމަށް ކުރިމަތި ލެއްވި އިތުރު ބޭފުޅުންގެ ނަންތައްވެސް ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.

އީސީ އަށް މެންބަރަކު އައްޔަނު ކުރުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

އީސީގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަނު ކުރަނީ އެ ކޮމިޝަންގެ ރައިސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ މެންބަރުކަން އަންނަ މަހު 24 އަށް ހަމަވާތީ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *