Ad

ފުނަދޫ އާއި އެއާޕޯޓް ގުޅާލަން މޮނޮރޭލް އެޅުމަށް އެއްބަސްވެއްޖެ

ފުނަދޫގައި ގާއިމްކުރަން ނިންމާފައިވާ އިކޮނޮމިކް ޒޯނުގެ ތެރެއިން މާލެ އާއި ފުނަދޫ ގުޅާލާ މޮނޮރޭލް އެޅުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް އެއާޕޯޓް ލިމިޓެޑް ކޮމްޕެނީ (އެމްސީއެލް) އިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު އެވެ. ބީޔޫސީޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ލޫ ވެއި އެވެ.

އެ ޕްރޮޖެކްޓަށް ފަންޑު ކުރަން ހަމަޖެހިފައިވަނީ ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރެޓީ (އިފްޒާ) އިން ކަމަށް އިކޮނޮމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރައިސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ ފުނަދުއާއި މާލެއާއި ހުޅުލެ ބްރިޖަކުން ގުޅާލައި، ފުނަދޫ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރަކަށް ހަދާނެ ކަމަށެވެ. އަދި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް ތަރައްގީކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަނީ ކުރިޔަށް އޮތް 20 އަހަރަށް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް އޮންނާނެ ގޮތުގެ މާސްޓަ ޕްލޭނެއްގެ ދަށުންނެވެ.

މަޝްރޫއު އިއުލާންކޮށްފައިވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *