Ad
މެޑިކަލް ސާމާނު ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މެޑިކަލް ސާމާނު ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެއާ އެމްބިއުލަންސް ޚިދުމަތަށް ބޭނުންވާ މެޑިކަލް ސާމާނު އުރީދޫއިން ހަދިޔާކޮށްފި

އެއާ އެމްބިއުލަންސް ހިދުމަތަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓް އުރީދޫއިން ހަދިޔާކޮށްފި އެވެ.

މި ތަކެތީގެ އަގަކީ 16 މިލިއަން ރުފިޔާ ކަމުގައި އުރީދޫއިން ބުނެފައި ވެއެވެ.

އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ދަށުން މިއަދު ހަދިޔާކުރި ސްޕެޝަލައިޒްޑް އިކުއިޕްމެންޓްގެ އާ ބެޗަކީ ކުއްލި އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރެވޭ ގޮތަށް ހަދިޔާ ކޮށްފައިވާ އިކުއިޕްމެންޓްތަކެކެވެ.

މި އިކުއިޕްމެންޓް ހަދިޔާކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެތި ރަމްޒީގޮތުން ޙަވާލުކޮށްދެއްވީ އުރީދޫ ގްރޫޕްގެ މެނޭޖިންގ ޑައިރެކްޓަރ އަޒީޒް އަލް އުޘްމާން ފަޚުރޫ އެވެ.

މި އިކުއިޕްމެންޓްތަކަކީ އުރީދޫ ގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެއަރ އެމްބިއުލާންސް އަށް ބޭނުންވާ އިކުއިޕްމެންޓް ތަކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި އިކުއިޕްމެންޓް ތަކަކީ އިމަރޖެންސީގައި ހާލުދެރަ ބަލިމީހުން އުފުލުމުގައި އެ މީހަކަށް އެންމެ ބޭނުންވާ ފަރުވާ ވަގުތުން ދިނުމަށް އަވަސްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *