Ad

ޕީޕީއެމަށް ނައިބް ރައީސަކާއި އެސްޖީއެއް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސްއަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ހަމަޖެއްސުމަށް އެ ޕާޓީގެ ސެނެޓުން ނިންމައިފި އެވެ.

ޕީޕީއެމްގެ ސެނެޓުން މި ނިންމުން ނިންމީ އެ ޕާޓީގެ ސެނެޓުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަމަށް ހަލީލް އައްޔަން ކުރެއްވުމުގެ އިތުރުން އެ ޕާޓީން ވަނީ ޕާޓީގެ އެސްޖީގެ މަގާމަށް އިބްރާހިމް އަބްދުއްރައްޒާގު ހަލީމު އައްޔަން ކުރުމަށްވެސް ނިންމާފަ އެވެ. އިބްރާހިމް އަބްދުއްރައްޒާގު ހަލީމަކީ އައިޖީއެމްއެޗްގެ ސީއީއޯ އެވެ.

މިއަދުގެ ސެނެޓު ބައްދަލުވުމުގައި ސެނެޓުން އެ ނިންމުން ނިންމީ ސެނެޓްގެ އިއްތިފާގުން ކަމަށް ވެސް ބުންޏެވެ.

ޕީޕީއެމުން މިއަދު ސެނެޓު ބައްދަލުވުމެއް ބޭއްވި އިރު އެ ޕާޓީ އުވާލާ ވާހަކަތަކެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ޕީޕީއެމް އުވާލާ ވާހަކަތަކެއް ފެންމަތިވެފައިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީކަމަށްވާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ބޮޑު ހަރަކާތެއް ފަށައިގެން އުޅޭ ދުވަސްވަރެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *