Ad

މާލެ ސަރަހައްދުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ހޫނު މޫސުމާ ދިމާކޮށް މާލެ ސަރަހައްދުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯއިން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ މަތިވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޕީކް ސީޒަން ނުވަތަ ހޫނު މޫސުމަށް ތައްޔާރުވުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ޤާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުރު ކުރުމަށް އެތަނުގައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރު އެތަނުން ވަނީ ނަގާފައެވެ. އަދި އޭގެ ބަދަލުގައި 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް އެތަނުގައި ބެހެއްޓިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

މީގެ އިތުރުން މާލޭގައި އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޚިިދުމަތް ފޯރުކޮށްދިނުމަށް ޑިސްޓްރިބިއުޝަން ވިއުގަގެ ކެޕޭސިޓިީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެ ބަކީ އޮތް ދުވަސްތަކުގައި ކުރަން ހަމަޖެހިފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *