Ad

މާލީ އިސްލާހީ އެޖެންޑާގެ ހުރިހާ ބިލެއް މަޖިލީހަށް ހުށައަޅައިފި

ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާއަށް މިވަގުތަށް ބޭނުންވާ ހުރިހާ ބިލެއް މަޖިލީހަށް ހުށަހެޅިއްޖެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ އިއްޔެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއެކު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އުޝާމް ވިދާޅުވީ މިވަގުތަށް ހުށަހަޅާން ޖެހޭކަމަށް ފެންނަ ބިލުތައް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އިތުރަށް މަޝްވަރާ ކުރުމަށް ފަހު އިތުރު އިސްލާހެއް ހުށަހަޅަން ޖެހޭތޯ ބަލާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލުތަކަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ބިލުތަކެއްކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

މިވަގުތަށް އަޅުގަނޑުމެން ހުށަހަޅަން ގަސްތު ކުރާ ހުރިޙާ ބިލުތަކެއް މަޖިލީހަށް ހުށަހެޅިފަ އެހެރީ. ދެން އަޅުގަނޑުމެން އަދި އިތުރަށް މަޝްވަރާ ކުރުމަށްފަހު އިތުރު ގާނޫނަކަށް އިތުރު އިސްލާހެއް ހުށަހަޅަން ޖެހޭކަމަށް ވަނީނަމަ ހަމަ މި ދައުރު ތެރޭގަ އަޅުގަނޑުމެން ހުށަހަޅާނަން.

މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުގެ ތެރެއިން މާލީ އިސްލާހީ އެޖެންޑާއަށް ބޭނުންވާ މައިގަނޑު 3 ބިލެއް އުޝާމް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ޓީޖީއެސްޓީ ބޮޑު ކުރުމަށް ހުށަހެޅި އިސްލާހާއި ގްރީން ޓެކްސް ބޮޑު ކުރުމަށް ހުށަހެޅި އިސްލާހުގެ އިތުރުން އެއާޕޯޓް ފީތައް ބޮޑު ކުރުމަށް ހުށަހެޅި އިސްލާހު ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *