Ad
އެމްޕީއެލުން ހިންގާ އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ތިމާވެއްޓާ ބެހޭ މިނިސްޓަރު ފައްޓަވައިދެއްވަނީ. ފޮޓޯ: އެމްޕީއެލް
އެމްޕީއެލުން ހިންގާ އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ތިމާވެއްޓާ ބެހޭ މިނިސްޓަރު ފައްޓަވައިދެއްވަނީ. ފޮޓޯ: އެމްޕީއެލް

ްއެމްޕީއެލުން 1 މިލިއަން ގަސް އިންދަނީ

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ފަށައިފި އެވެ.

އެ މަސައްކަތް އެމްޕީއެލުން ރަސްމީކޮށް ފެށީ ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ.

އެއް މިލިއަން ގަސް އިންދަން ޕްލެޖްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމް ސޮއިކުރައްވާ މިނިސްޓަރު ތޯރިގަށް ލިޔުން ހަވާލުކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *