Ad

އޭވިއޭޝަން ސެކިއުރިޓީ ހަރުދަނާ ކުރުމާ ގުޅޭ މުހިއްމު އެއްބަސްވުމެއް

ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިޔުރިޓީ ރެގިޔުލޭޓަރީ އޮތޯރިޓީގެ ޤާބިލްކަން އިތުރު ކުރުމުގެ ގޮތުން ރާއްޖެއާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަނާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ކޯރޕަރޭޓް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމް – އޭޝިޔާ ޕެސިފިކާ ދެމެދު ސީ.ބީ.ޓީ ޓްރެއިނިންގ އަދި ޑޭޓާ މެނޭޖްމަންޓް ސޮފްޓްވެއަރ ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާއެކެވެ.

މި ފަހުމުނާމާގެ ދަށުން އައިކާއޯ.ގެ ފަންނީ ތަޖްރިބާކާރުން ފަރުމާކޮށްފައިވާ ކޮމްޕިޔުޓަރ ބޭސްޑް އެކްސްރޭ އޮޕަރޭޓަރ ޓްރެއިންނިންގ ސިސްޓަމް ބޭނުންކޮށްގެން، ދިވެހިރާއްޖޭގެ އެއަރޕޯޓުތަކުގައި އޭވިއޭޝަން ސެކިޔުރިޓީ ސްކްރީން ކުރުމުގެ މަސައްކަތް ކުރާ ސެކިޔުރިޓީ އޮފިސަރުން ތަމްރީންކުރުމަށް ހަމަޖެހިފައިވާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ. އަދި އެ އޮފިސަރުން ދިވެހިރާއްޖޭގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިޔުރިޓީ ޓްރެއިނިންގ ޕޮލިސީގައި ބަޔާންކުރާ މިންގަނޑަށް ސެޓިފައި ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.

ދިފަޢީ ވުޒާރާއިން ވިދާޅުވީ މި ސިސްޓަމް ބޭނުން ކުރަން ފެށުމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމުވެ ތިބި އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުގެ އޮފިސަރުން އެއަރޕޯޓް ތަކުގައި ތިބެ ތަމްރީން ހަދާ ސެޓިފައިވުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *