Ad
މިއަދު ފެށި މަހާސިންތާގެ ތެރެއިން
މިއަދު ފެށި މަހާސިންތާގެ ތެރެއިން

ފަތުރުވެރިކަމާ ބެހޭ މަހާސިންތާ ކްރޮސްރޯޑްސްގައި ފަށައިފި 

ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024 — ކްރޮސްރޯޑްސްގައި މިއަދު ފަށައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ ގުޅިގެން  ބާއްވާ މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ އެކި ދާއިރާތަކުން 150 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. މީގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސް، ލިވަބޯޑް އަދި ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އެޖެންޓުން އަދި ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ހިމެނެ އެވެ.

މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު އިބްރާހިމް ފައިސަލް އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ޝިއުރީ އިބްރާހިމް އާއި އެމްއެމްޕީއާރްސީގެ ޗެއަރްޕާޝަން އަބްދުﷲ ގިޔާސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ފަތުރުވެރިކަމަށް އާ ސެގްމަންޓްތައް ތައާރަފު ކުރުމަށް މަޝްވަރާ ކުރުމަށް މި މަހާސިންތާގައި ވަނީ އެޖެންޑާ ކުރެވިފައިއެވެ. އަދި މީގެ އިތުރުން ޕެނަލް ޑިސްކަޝަނަކާއި ގްރޫޕް ޑިސްކަޝަންތައްވެސް ކުރިޔަށް ގެންދާނެއެވެ.

މި މަހާސިންތާގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދާއިރާގެ ފަރާތްތަކާއި މަޝްވަރާކޮށް، އައު ޚިޔާލުތަކާއި ވިސްނުންތައް ދެނެގަތުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *