Ad

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުއްވައިދެއްވީ ފިނޭން މިނިސްޓަރު މޫސާ ޒަމީރެވެ.

ސަޕްލިމަންޓަރީ ބަޖެޓުގައި ހުށަހެޅި 5.11 ބިލިއަންގައި ހިމެނެނީ؛

ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ

ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ

ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ

މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ

ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ

ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ

މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ

މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 34 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ސެޕްޓެމްބަރުގެ ނިޔަލަށް ލިބިފައިވަނީ 27 ބިލިއަން ރުފިޔާ އެވެ.

ސަޕްލިމެންޓް ބަޖެޓުގައިވާ ގޮތުން މި އަހަރަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރު 640.1 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި މިއަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *