Ad

މާލޭގެ ހަތަރު ސަރަހައްދެއްގައި ސަރުކާރު ކުލިނިކުތައް ހަދަނީ

އައިޖީއެމް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިޔު ކުޑަކުރުމަށްޓަކައި އާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް 4 ޖެނެރަލް ޕްރެކްޓިސް ކްލިނިކް މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް ނިންމަވައިފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަކީ ރާއްޖޭގައިވެސް އެންމެ ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް ޒިޔާރަތްކުރާ ހޮސްޕިޓަލެވެ. އަދި ހިލޭ ބޭސްފަރުވާގެ ޚިދުމަތާއެކު އައިޖީއެމްއެޗް ފަދައިން ސަރުކާރުގެ އެެހެން ހޮސްޕިޓަލްތަކަށް އޮންނަ ޑިމާންޑުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އައިޖީއެމްއެޗްގެ ތަފާސްހިސާބުތައް ދައްކާގޮތުން އިމަޖެންސީއާއި ޖެނެރަލް ޕްރެކްޓިސް ނުވަތަ އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އުޅެނީ 150،000 އަށްވުރެ މަތީގައެވެ. އައިޖީއެމްއެޗްގައި އަދި އޯޕީޑީ ކޮންސަލްޓޭޝާންގެ ހިދުމަތް ހޯދުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އުޅެނީ 240000 ގައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އުޅެނީ 238،000 އަށްވުރެ މަތީގައެވެ.

އައިޖީއެމް ހޮސްޕިޓަލްގެ ޚިދުމަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ އައިޖީއެމްއެޗްގެ ޚިދުމަތްތައް ލުއިފަސޭހަކޮށް، އަވަސްކޮށް ފޯރުކޮށްދިނުމަށް މުހިއްމު ބަދަލުތަކެއް ގެންނަމުންދާކަމަށެވެ. އެގޮތުން ސަރުކާރު ހޮސްޕިޓަލުތަކުގެ ކިއު ދިގުވެ، ޑޮކްޓަރަށް ދެއްކުމަށް ހޭދަވާ ވަގުތު ކުޑަކުރުމަށް މާލޭގެ 4 ސަރަޙައްދެއްގައި ސަރުކާރުގެ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ނުވަތަ އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ކްލިނިކްތަކެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މި ކްލިނިކްތައް ޤާއިމްކުރުމުން ޖެނެރަލް ޕްރެކްޓިޝަނަރއަކަށް ކްލިނިކަށް ދެއްކުމަށް ފަހު، ޚާއްސަ ބަލީގެ ޑޮކްޓަރަށް ދައްކަންޖެހޭނަމަ އެ އިރުޝާދެއް ދިނުމާއި، އެކަންކަން ހަމަޖައްސާނީ އެ ކްލިނިކްގެ ފަރާތުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *