Ad

ޕީއެންސީއަށް އިތުރު 4000 މެމްބަރުން

ވެރިކަން ކުރާ ޕީއެންސީއާ ގުޅެން އެކި އިދާރާތަކުން 4000އަށް ވުރެ ގިނަ މީހުން ފޯމު ހުށަޙަޅައިފި އެވެ.

މިއީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް އެ ޕާޓީން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ހުށަޙެޅި ފޯމުތަކެކެވެ.

އެގޮތުން ޖުމްލަ 4217 ފޯމު ހުށަހަޅާފައިވެ އެވެ.

އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ ހޯމް މިނިސްޓްރީން ނެވެ. އެއީ 1717 ފޯމެވެ. ދެވަނައަށް އެންމެ ގިނައިން ފޯމު ހުށަހެޅީ ވެމްކޯއިން އެވެ. ތިންވަނައަށް ފިޝަރީޒް މިނިސްޓްރީން 1000 ފޯމެވެ.

ރާއްޖޭގައި މިހާރު އެންމެ ގިނަ މީހުން ތިބި ޕާޓީއަކީ އެމްޑީޕީ އެވެ. އެހެން ނަމަވެސް ޕީޕީއެމްއާއި ޕީއެންސީގެ މެމްބަރުން އެއްކޮށްލުމުން އެމްޑީޕީއަށް ވުރެ މެމްބަރުން ގިނަ އެވެ.

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ އިރު ޕީޕީއެމްގެ ހަރަކާތްތައް މިހާރު ކުރިއަށް ގެންދަނީ ވަރަށް މަދުން ނެވެ.

ނަމަވެސް ދާދި ފަހުން ވަނީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި ސެކެޓްރީ ޖެނެރަލްގެ މަގާމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ވަނީ އިންތިހާބުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *