Ad

ފްލެޓް ލިސްޓް އިއުލާންކުރަން ތައްޔާރު

ދައްޗެއް ކުރިމަތި ނުވާނަމަ މި ހަފްތާ ނިމުމުގެ ކުރިން ފްލެޓް ލިސްޓް އިއުލާނު ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރ އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ހައިދަރު މިހެން ވިދާޅުވީ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މިދިޔަ ޖުލައި 29، ގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް މިނިސްޓަރު ހައިދަރު ހާޒިރުކޮށް ސުވާލު ކުރުމުން ވިދާޅުވީ، މަސައްކަތް ކުރަމުން ދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް އަޅާ އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުގެ ކުރިން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލެވޭތޯ ކަމަށެވެ.

އިންޑިއާގެ އެހީތެރިކަމާއެކު ހުޅުމާލޭގައި އިމާރާތް ކުރި 700 ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިންމައި މިމަހުގެ ހަތް ވަނަ ދުވަހު އެގައުމުގެ ސަރުކާރުން ވަނީ ރާއްޖޭގެ ސަރުކާރާ އެ ތަންތަން ހަވާލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *