Ad

ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް މެޑަމް ސާޖިދާ ޓެންޒޭނިއާއަށް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި ޓެންޒެނިޔާއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާގޮތުގައި އެކަމަނާގެ އެ ދަތުރަކީ ޓެންޒޭނިއާ ގައި އޮކްޓޯބަރު 29 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ކޮންފަރެންސްގެ މަތީފަންތީގެ ފަސްޓް ލޭޑީސް ޕެނަލާއި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ކޮމިޓީ ގެ ބައްދަލުވުމުގައިވެސް އެކަމަނާ ވާހަކުފުޅުދައްކަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *