Ad
ޕެޓް ކެއަރ ފެސިލިޓީ މިއަދު ރައީސް ހުޅުއްވައި ދެއްވުމުގެ ގޮތުން ވާޙަކަފުޅު ދައްކަވަނީ
ޕެޓް ކެއަރ ފެސިލިޓީ މިއަދު ރައީސް ހުޅުއްވައި ދެއްވުމުގެ ގޮތުން ވާޙަކަފުޅު ދައްކަވަނީ

މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކުރި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"އޮޅު ހިޔާ"ގެ ނަމުގައި ޤާއިމުކޮށްްފައިވާ ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުކޮށްދޭން މަސައްކަތް ކުރައްވާނެކަމަށާއި މިހާރުވެސް މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ މަގުންކަމަށެވެ.

މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި މިއީ ރައްޔިތުންގެ ފަޅީގައި ތިބެގެން މަސައްކަތް ކުރައްވާ ސަރުކާރެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި ދެވަނަ ވިސްނުމެއް ނެތްކަމަށާއި ހުރިހާ ކަމެއްވެސް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިފަދަ (މަގުމަތީގައި ބުޅާ ގިނަވުން) ކަންތައްތައް ހައްލު ކުރުމަށް ސަރުކާރުން އިސްކަންދޭނެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން. މިކަމުގައި ދެވަނަ ވިސްނުމެއް ނެތް. ރައްޔިތުންގެ އިހުސާސްތަކަކީ ކޮބައިތޯ ބަލާ ރައްޔިތުންނަށްޓަކައި ކަންތައްތައް ނިންމަމުން މިދަނީ" ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *