Ad

ޑިޕްލޮމެޓިކް އުސޫލުތަކާ ޚިލާފަށް ބައްދަލުވުމެއް ބޭއްވި ސަފީރަކަށް ފިޔަވަޅުއަޅައިފި

ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ތޯހާ، އަފްގާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު, ސަރްދާރު އަހްމަދު ޝަކީބާއި ބައްދަލުކުރުމުން ދިވެހި ސަރުކާރުން، ތޯހާ އަށް ފިޔަވަޅު އަޅައިފި އެވެ.

އެ ދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ ހުކުރު ދުވަހު ޕާކިސްތާނުގަ އެވެ. އިންޑިއާގެ ނޫސްވެރިއަކު ވަނީ އެ ބައްދަލުވުމެއް ފޮޓޯއެއް 'އެކްސް' ގައި ހިއްސާކޮށްފަ އެވެ. ބައްދަލުކުރުމުގައި މަޝްވަރާކުރެވުނީ ސީދާ ކޮންކަމަކާއި ގުޅޭ ގޮތުން ކަމެއް އެނގިފައެއްނުވެ އެވެ. އެހެން ނަމަވެސް އެ ޕޯސްޓަށް ކޮމެންޓް ކުރި މީހުން ވަނީ ދިވެހި ސަރުކާރުން އަފްގާނިސްތާނުގެ ސަރުކާރު ބަލައިގަންނަތޯ ކަމަށް ބުނެ ސުވާލު އުފައްދާފަ އެވެ.

އެކަން ސާފުކޮށްދެމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމަށެވެ.

ރާއްޖޭން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އދ އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުސޫލުތަކަށްކަން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި މި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އދ ގައި އަފްނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމުގައި ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އދ ގެ އުސޫލުތަކުގައި ޑިޕްލޮމެޓުންގެ ހައިސިއްޔަތުން ބައްދަލުކޮށް, އެފަދަ މަޝްވަރާތައް މަނާކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *