Ad

ޑޮކިއުމެންޓްރީގެ މައްސަލަ އޭސީސީން ބަލަނީ

އަދަދު ނޫހުން މީޑިއާގެެ އެތިކްސްއާ ޚިލާފަށް ހަދާފައިވާ ޑޮކިއުމެންޓްރީއަކަށް ތަހުގީގީ ނޫސްވެރިކަމުގެ އިނާމު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން "އަދަދު" އޮންލައިނަށް ދިން މައްސަލަ ތަހުގީގު ކުރަން އެ އިދާރާ އަށް އޭސީސީން ވަދެއްޖެ އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ އިދާރާ އިން މިއަދު ބުނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެވޯޑު ދިން ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ތަހުގީގީ އޮފިސަރުން އެމްއެމްސީގެ އޮފީހުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްއެމްސީގެ އެވޯޑް ނައިޓްގައި، އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނީ "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީއަށެވެ. އެ އެވޯޑް ދީފައި ވަނީ އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް ކަމަށް އެވޯޑްތަކަށް އިންސާފު ކޮށްދިން ފަނޑިޔާރުން ވިދާޅުވެފައި ވުމަކީވެސް އޭސީސީން އެމައްސަލަ ތަހުގީގުކުރާ ސަބަބެއް ކަމަށް ބުނެފައިވެއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އަދަދު ނޫން އާންމުކުރި ޑޮކިއުމެންޓްރީއަކީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑާ ޚިލާފަށް، ސާބިތު ނުހިފޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޑޮކިއުމެންޓްރީއެއްކަމަށް ބުނެ އެކަން ކުށްވެރިކޮށް މީޑިއާ ކައުންސިލުން ބަޔާންވެސް ނެރެފައިވެއެވެ. ކައުންސިލުން އެގޮތަށް ކަނޑައަޅާފައިވާ ޑޮކިއުމެންޓްރީއެއް މީޑިއާ ކައުންސިލުން ހޮވާ އެވޯޑަކަށް ނޮމިނޭޓްވުމުން ގިނަަ ބަޔަކުު ދަނީީ ސުވާލު އުފައްދަމުންނެވެ.

މީޑިއާ ކައުންސިލްުގެ ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އެވޯޑުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ކައުންސިލުގެ އެވޯޑް ކޮމިޓީން ކަމަށްވާތީ، އެއިން އެއްވެސް ކަމެއް އޭނާއަށް އެނގިވަޑައިނުގަންނަވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *