Ad

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޓްރަމްޕަށް ރައީސް މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެ

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާއާއި ދިވެހިރާއްޖެ ދެމެދު އޮންނަނީ ވަރުގަދަ ގުޅުމެއް ކަމަށާއި ޓްރަމްޕުގެ ޒައާމަތުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރުމަށާޢި، ދުނިޔޭގެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމެރިކާގެ 47 ވަނަ ރައީސްއަކަށް އިންތިޙާބުވެވަޑައިގަތް ޑޮނާލްޑް ޓްރަމްޕް ވަނީ އެ ޤައުމުގެ 45 ވަނަ ރައީސްކަންވެސް ކުރައްވާފައެވެ. އޭނާ މި އިންތިޙާބު ކާމިޔާބު ކުރެއްވީ އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއާއި ވާދަކުރައްވައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކާމިޔާބީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރެއްވި ޑޮނާލްޑް ޓްރަމްޕް އިއުލާނުކުރައްވާފައިވާއިރު، ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ކަމާލާ ހެރިސްގެ މައްޗަށް ލިބިވަޑައިގެންނެވި ކާމިޔާބީ އިއުލާނުކުރައްވާ ފްލޮރިޑާގައި ބޭއްވި ކެމްޕޭން ޕާޓީއެއްގައި ޓްރަމްޕް ވަނީ މި ފެށުނީ "އެމެރިކާއަށް އާ ރަންޒަމާނެއް" ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގެ މެޖޯރިޓީވެސް ލިބުނީ ރިޕަބްލިކަން ޕާޓީއަށް ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ. އެގޮތުން، 100 ގޮނޑި ހިމެނޭ ސެނެޓުގެ 51 ގޮނޑި ކާމިޔާބުކޮށްފައިވަނީ ރިޕަބްލިކަން ޕާޓީންނެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ކުރީގެ ރައީސް ޓްރަމްޕަށް ވަނީ 267 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަނެއެވެ. އަދި ކަމާލާއަށް މިހާތަނަށް ލިބިވަޑައިގަތީ 224 އިލެކްޓޯރަލް ވޯޓެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބުކުރެއްވުމަށް ޓްރަމްޕް ހޯއްދަވަން ޖެހިވަޑައިގަންނަވަނީ އެންމެ 3 އިލެކްޓޯރަލް ވޯޓުކަމަށްވުމާ، އަދި ކަމާލާ ހެރިސްއާ ޓްރަމްޕްއާ ދެމެދު އޮތް ފަރަޤު ބޮޑުވުމުގެ ސަބަބުން ޓްރަމްޕަށް އިންތިޚާބު ކާމިޔާބުކުރެއްވުނުކަން މިވަނީ އެކި މަސްދަރުތަކުން ޔަޤީންކުރައްވާފައެވެ. އެމެރިކާގެ އެކި ކަންކޮޅުތަކުގައި ޓްރަމްޕްއާ އޭނާގެ ސަޕޯޓަރުން މިހާރުދަނީ އުފާ ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *