Ad

ސްޕެނިޝް ލަލީގާ: މެޗުން މޮޅުވެ ތާވަލްގެ އެއްވަނައިގައި ރެއާލްމެޑްރިޑް ހަމަޖެހިލައިފި

ސްޕެނިޝް ލަލީގައި ރެއާލް ކުޅުނު މެޗު ކާމިޔާބުކޮށް ލީގު ތާވަލްގައި 2 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރެއާލް މެޑްރިޑުން  މެޗު ކާމިޔާބުކުރީ ހުއެސްކާ ވާދަކޮށް 4-1 ލަނޑުންނެވެ. މެޑްރިޑުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އަނިޔާއިން އެނބުރިއައި އެޑެން ހަޒާޑްއެވެ. މެޗުގެ ރެއާލުން ޖެހި ފަހު ތިންލަނޑުގެ ތެރެއިން ދެލަނޑު ބެންޒީމާ ކާމިޔާބުކޮއްދިން އިރު އަނެއް ލަނޑު ކާމިޔާބުކޮއްދިނީ ފެޑްރިކޯ ވަލްވާޑޭއެވެ. ހުއެސްކާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް ފެރެއިރޯއެވެ.

ރޭ ލީގުގައި ބާސެލޯނާއިން ރަށުން ބޭރުގައި ޑިޕޯޓިވޯ އަލްވޭސްއާ ވާދަކޮށް ވަނީ 1-1 ލަނޑުން އެއްވަރުވެފައެވެ. މެޗުގެ ފުރަތަމަ ހާފްގައި އަލްވޭސްގެ ލުއިސް ރިއޯޖާ ލަނޑެއް ޖަހައި ކުރިހޯދާފަވަނިކޮށް ބާސާއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ދެވަނަހާފްގައި އެންޓޮނީ ގްރީޒްމަން ކާމިޔާބުކުރި ލަނޑުންނެވެ. ގްރީޒްމަން މިލަނޑު ކާމިޔާބުކުރުމުގެ އިރުކޮޅެއް ކުރިން އަލެވޭސްގެ ޔޮޓާއަށް ވަނީ ދެވަނަ ރީނދޫކާޑާ އެކު ރަތްކާޑު ދައްކާފައެވެ. މިމެޗުން އެއްވަރުވުމާ ގުޅިގެން ޑިޕޯޓިވޯ އަލެވޭސްވަނީ ލީގުގެ 8 ވަނައަށް ޖެހިލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *