Ad
ފުލުހުން އަތުލައިގަތް ބިޔަރު ދަޅުތައް. ފޮޓޯ: ޕޮލިސް
ފުލުހުން އަތުލައިގަތް ބިޔަރު ދަޅުތައް. ފޮޓޯ: ޕޮލިސް

ހުޅުމާލެއިން ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ދެމީހުން ހައްޔަރުކޮށްފި

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިމައްސަލާގައި ހައްޔަރުކުރީ، އުމުރުން 25 އަހަރުގެ ފިރިހެނަކާއި، 20 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެދެމީހުން ހައްޔަރުކުރީ، ހުޅުމާލެއަށް ސަފާރީއަކުން ބިޔަރު ބާލާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން އެމީހުން ހައްޔަރުކުރީ، ހުޅުމާލޭގައި ހަރަކާތްތެރިވާ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ފުލުހުންނާއި، އިންޓެލިޖެންސް ގުޅިގެން މިމަހުގެ 2 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހުޅުމާލެ ރަބަރުގަސް މަގު 6 ނަންބަރު ގޯޅިން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

އަދި އެ ދެމީހުން ސައިކަލެއްގައި ދަނިކޮށް ފުލުހުން ފެނުމާއެކު އެމީހުން ގެންގުޅުނު ބިޔަރު ދަޅުތައް ހުރި ދެ ކޮތަޅު އެއްލާލާފައިވާ ކަމަށާއި، އެމީހުން ހުއްޓުވައި އެއްލާލި ދެ ކޮތަޅު ނަގައި، ބަލައި ފާސްކުރިއިރު އެ ދެކޮތަޅު ތެރެއިން 96 ދަޅު ބިޔަރު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ހުޅުމާލެ ޕޮލިސްއިން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *