Ad
ކްލަބް ޕޯލް ސްޓަރ އިން ކުރިން ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން/ ފޮޓޯ: އިއްޓޭ ގްރޮފީ
ކްލަބް ޕޯލް ސްޓަރ އިން ކުރިން ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން/ ފޮޓޯ: އިއްޓޭ ގްރޮފީ

ތިލަދުންމައްޗަށް ހުޅުވާލައިގެން އިހަވަންދޫގައި ބޮޑު ފުޓްބޯޅަ މުބާރާތެއް!

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ، ރަނަރަޕް ޓީމަށް 25،000 ހުށަހެޅިފައިވޭ

ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން އިހަވަންދޫގައި ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވަން އިއުލާންކޮށް ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އިހަވަންދޫގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "ކުލަބު ޕޯލް ސްޓާރ" އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތްތުގެ ޗެމްޕިއަންޓީމަށް 50000 ރުފިޔާ ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ވަނީ ހުށައަޅާފައެެވެ. މިއީ މިފަދަ ގޮތަކަށް އިހަވަންދޫގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.

ކްލަބް ޕޯލް ސްޓާރއިން ބުނީ މިމުބާރާތުގައި ހއ. އަދި ހދ އަތޮޅުގެ ހުރިހާ ރަށަކުން ޓީމުތައް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށާއި، ރަށަކުން އެއް ޓީމަށްވުރެ ގިނަ ޓީމްތަކަށް ބައިވެރި ވެވޭނެކަމަށެވެ.

"އިހަވަން ކަޕް" ގެ ނަމުގައި ބާއްވާ މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑި އަކީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 20 ގައެވެ.

އިހަވަންދޫގެ ކްލަބް ޕޯލް ސްޓަރ އަކީ ރަށުގެ އިޖުތިމާޢީ ހަރަކާތްތަކުގެ އިތުރުން ރަށާއި އަތޮޅުގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ކާމިޔާބު ޖަމްއިއްޔާއެކެވެ.

އެ ކުލަބުން މިހާރު ވަނީ ހއ. އަތޮޅުގެ އަންހެނުންނަށް ޚާއްޞަކޮގެން ވޮލީ މުބާރާތެއް ބޭއްވުމަށްވެސް އިއުލާންކޮށްފައެވެ. މި މުބާރާތްވެސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *