Ad

ކުލަބް ބަގުރޫޓް ވެދާނެތީ ޕޮޑެލްސްކީ އައިސްހޮކީ އަށް!

ޖަރަުމަނަށް 2014 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްދިން ލުކާސް ޕޮޑެލްސީ އެގައުމުގެ އައިސްހޮކީ ކުލަބެއް ކަމަށްވާ ކުލޮނާ ހައިއީ ބަގުރޫޓް ވުމުން ސަލާމަތްކުރުމައްޓަކައި އެކުލަބަށް ކުޅެންނިންމަައިފިއެވެ.

ޕޮލަންޑަށް އުފަން ޖަރުމަނުގެ ޕެޑެލްސީ އަންނަނީ އާ ސީޒަނުގައި ކުލަބާއެކު އައިސްހޮކީ ކުޅުމަށް ތައްޔާރުވަމުންނެވެ. ކުލަބް ބަގުރޫޓްވާން ދިމާވި ސަބަބުތަކުގެ ތެރޭގައި ކޮވިޑާހުރެ ވަރަށް ބޮޑަށް މާލީ ހާލަތު ދަށްވުން ފާހަގަކުރެވެއެވެ. 8 ފަހަރު ޖަރުމަނުގެ އައިސްހޮކީ ލީގުގެ ޗެމްޕިއަންކަން ހޯދައިފަވާ ކުލާނާ އަކީ ޕޮޑެލްސީ ވަރަށް ގާތް ކުަލަބެކެވެ. އަދި އޭނާ އަކީ އެކުލަބުގެ ވަފާތެރި ސަޕޯޓަރެކެވެ. ކުލަބުން އަންނަނީ މާލީ ހާލަތު ރަނގަޅު ކުރުމައްޓަކައި އެއްލައްކަ ވާޗުއަލް ޓިކެޓް ވިއްކުމަށް ތައްޔާރުވަމުންނެވެ. މި ޓިކެޓްތައް ސީޒަނު ފެށުމުގެ ކުރިން ވިއްކާލެވިއްޖަނަމަ ކުލަބަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް ކޮންމެވެެސް ވަރެއްގެ ހައްލެއް އަންނާނެއެވެ.

ކުރިން އާސެނަލް އަދި އިންޓަމިލާނާއި ، ގަލަސަތަރާއިއާ ، ބަޔާން މިއުނިކަށް ކުޅުނު ކުޅުންތެރިޔާ އެންމެ ކުލަބާ ގުޅެން އެންމެ ބޮޑަށް ބޭބުންވަނީ ކުލަބަށް ދިމާވެފައިވާ މާލީ ވަޅުގަނޑު އަރައިގަނެވި ބަގުރޫޓްވުމުން ސަލާމަތްކުރުން ކަމަށް ޕޮޑެލްސްކީ ވަނީ ބުނެފަވެއެވެ. ކުލަބުން ވިއްކުމަށް ހަމެޖިހަވާ ވާޗުއަލް ޓިކެޓް ވިއްކުމުގައި ވެސް ޕޮޑެލްސީ އެހީތެރިކަން ލިބިގެންދާނެކަމަށް އެކުލަބުން ހާމަކުރެއެވެ. ފޮޑެލްސްކީ އެކުލަބުގެ ވެބްސައިޓުގައި ބުނެފައިވަނީ މިހާލަތުގައި ކުލަބަށް އެހީތެރިވެދެވޭތީވެ އޭނާ އުފާވާކަމަށާއި ކުލަބަުގެ މެނޭޖްމަންޓާއި ސަޕޯޓަރުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

އޭނާ އެންމެފަހުން ކުޅެފައިވަނީ ޖަޕާނު ލީގުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *