Ad

ޑިއޭރިޔާ ބޭރުން އެންމެ ގިނަ ލަނޑު ޖެހީ ކޮން ކުޅުންތެރިއް!

ފުޓްބޯޅަ ކުޅުންތެރިންނަށް ޕެނެލްޓީ އޭރިޔާ ބޭރުން ލަނޑުޖެހުމަކީ ވަރަށް މަދުންނޫނީ ނުފެންނަ މަންޒަރެކެވެ. ހާއްސަކޮށް ޑިއޭރިޔާ ބޭރުން ލަނޑުޖެހުމުގައި ހުނަރު މަދު ކުޅުންތެރިޔަކަށް ނޫނީ ލިބިފަނުވެއެވެ.

ޑިއޭރިޔާ ބޭރުން ގާތްގަޑަކަށް ގޯލާ 25 މީޓަރު ދުރުން ލަނޑުޖަހާ ކުޅުންތެރިންނަށް ކިޔައިއުޅެނީ ޑިބޮކްސް ކުޅުންތެރިންގެ ނަމުންނެވެ.

ވޭތުވެދިޔަ 10 އަހަރު ޔޫރަޕުގައި ގޯލާ އެންމެ ދުރުން ގާތަގަނޑަކަށް 25 މީޓަރު ދުރުން އެންމެ ގިނައިން ލަނޑުޖަހާފަވަނީ މިހާރު އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާވަނީ ޑިއޭރިޔާ ބޭރުން ވޭތުވެދިޔަ 10 ސީޒަންގައި 30 ލަނޑުޖަހާފައެވެ. އެއީ ޔުވެންޓަސް އާއި ރެއާލްމެޑްރިޑުގެ ޖާޒީގައެވެ. އޭނާ ވަނީ މެޑްރިޑާއެކު 7 ސީޒަން ހޭދަކޮއްފައެވެ. މިއީ އޭނާގެ ޔުވެންޓަސްގެ ދެވަނަ ސީޒަނެވެ.

މި ލިސްޓުގައި ދެވަނާގައި ވަނީ ރޮނާލްޑޯގެ ކެރިއަރުގައި އެންމެ ވާދަވެރި ކުޅުންތެރިޔާ ކަމުގައިވާ ލިއޮނަލް މެސީއެވެ. މެސީއަށް ވޭތުވެދިޔަ ދިހަ ސީޒަނުގައި ޑިއޭރިޔާ ބޭރުން ޖެހިފަވަނީ 21 ލަނޑެވެ. އެއީ ހަމައެކަނި ބާސެލޯނާގެ ޖާޒީގައެވެ.

މިލިސްޓުގައި ތިންވަނައިގަ ވަނީ މިހާރު ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފިލްޕް ކޫޓީނިޔޯއެވެ. އޭނާ ވަނީ ޔޫރަޕުގެ ކުލަބު ތަކުގެ ތެރެއިން ވޭތުވެދިޔަ ދިހައަހަރު ތެރޭގައި އިންޓަމިލާން އާއި އެސްޕިނިއޯލް އާއި ލިވަޕޫޫލްގެ އިތުރުން ބާސެލޯނާއާ އާއި ބަޔާންމިއުނިކަށް ކުޅެފައެވެ. މި ކުލަބުތަކަށް އޭނާ ވަނީ ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ޑިއޭރިޔާ ބޭރުން 14 ލަނޑުޖަހާފައެވެ. މީގެތެރެއިން އެންމެ ގިނަ ގޯލް ޖަހާފައިވަނީ ލިވަޕޫލް ޖޯޒީގައެވެ.

ލިސްޓުގެ ހަތަރުވަނާގައި ހަމަ މިއަދަދަށް ގޯލް ޖަހައިގެން އޮތީ މިހާރު އެޓްލާންޓާއަށް ކުޅެމުން އަންނަ ޖޮސިޕް އިލިސިޗްއެވެ. އިލިސިޗް 14 ލަނޑު ހަމަކުރީ ސްލޮވޭނިޔާގެ މަރިބޯރް އާއި އިޓަލީގެ ޕަލެއާމޯ އާއި ފިއެރޮންޓީނާ އާއި އެޓްލާންޓާއަށް ކުޅެގެންނެވެ. އޭނާގެ މިހާރުގެ ކުލަބް އެޓްލާންޓާއަށް ބަދުލުވީ 2017 ވަނައަހަރުގެ ސީޒަންގައެވެ.

މިއީ މިހަތާނަށް ވޭތުވެދިޔަ ދިހަ ސީޒަންގައި ތެރޭގައި ޔޫރަޕުގެ އެންމެދުރުން އެންމެ ގިނަައިން ލަނޑުޖެހި ހަތަރު ކުޅުންތެރިންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *