Ad

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓު: މަވޯޓާ ޝަރީފަށް 83.3 މިލިޔަން ރުފިޔާ!

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުޤީޤު ކުރަން ރައީސް ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް 83.3 މިލިޔަން ރުފިޔާ ލިބިފައިވާކަން ހާމަވެއްޖެއެވެ.

މިފައިސާގެ ތަފްސީލަށް ބަލާއިރު ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް އިބްރާހިމް ޝަރީފަށް ދިން 20 މިލިއަން ރުފިޔާއާއި ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ދިން 30 މިލިއަން ރުފިޔާއެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމުގެ ކުރިން 2 މިލިއަން ރުފިޔާ، ކޮމިޓީ މަރުހަލާއަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން 3 މިލިއަން، ބިލް ފާސްކުރި ދުވަހު 5 ލައްކަ އަދި އެ ބިލް އަދީބު ބޭނުންވާގޮތަށް ފާސްކޮށްދިނުމުން 1 މިލިއަންއާ އެކު ޖުމުލަ 6.5 މިލިއަން ދިންކަމަށް އަދީބު ބުނެފައިވާކަމަށް މި ރިޕޯޓުގައިވެއެވެ.

މީގެއިތުރުން 2015 ގައި ހަތަރު ފަހަރުމަތިން މީނާ ދިރިއުޅޭ ގެއަށް ގޮސް 1 މިލިއަން ހަވާލުކުރި ކަމަށާއި މި ހަތަރު ފަހަރުގެ މަތިން 4 މިލިޔަން ރުފިޔާ ހަވާލުކުރިކަމަށް މުޙައްމަދު ޙުސައިންގެ ބަޔާނުގައި ވެއެވެ. އަދި 2015 ވަނަ އަހަރުގެ ތެރޭގައި އަދީބު ވިދާޅުވެގެން ޝަރީފަށް 2 މިލިއަން ރުފިޔާ ދިންކަމަށް މުޙައްމަދު އައްލާމް ލަތީފް ބުނެފައިވާކަމަށާއި އަދި އިޝްފާހުގެ ބަޔާނުގައި ވެސް މި ވާހަކަ ބުނެފައިވާކަމަށް މި ރިޕޯޓުގައިވެއެވެ. އަދި އަދީބު ވިދާޅުވެގެން މާވެޔޮމަގުން ކައިރިން، 4 މިލިއަން ރުފިޔާ ދިންކަމަށާއި ފައިސާ ދިނީ އިސްފާހުކަމަށް މޮހޯގެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެއިތުރުން މޮހޯ މީނާ އަށް 6 މިލިއަން ރުފިޔާ ހަވާލުކުރިކަމަށް މުޙައްމަދު ޙުސައިންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *