ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް (ފޮޓޯ) ސިޔާސީ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރައްވަމުން ގެންދަވާކަން އިތުބާރުހުރި ފަރާތަކުން މި ނޫހަށް ކަށަވަރު ކޮށްދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި ނާޒިމް އިސްވެ ހުންނަވައި ޕާޓީ ހެއްދެވުމަށް ބޭނުންވާ 3000 މީހުންގެ ސޮއި މިހާރު ވަނީ ހަމަކުރައްވާފައެވެ.
މި ނޫހަށް މައުލޫމާތު ދެއްވި ކާނަލް ނާޒިމްގެ ގާތް ބޭފުޅަކު ވިދާޅުވިގޮތުގައި މި ޕާޓީ އުފެދުމާއެކު ރައްޔިތުންގެ މަޖިލީހުގެ ނުވަ މެންބަރަކު އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެއެވެ.
އޭނާ ވިދާޅުވީ ޕާޓީގެ މައިގަނޑު އަމާޒަކީ، އަންނަ ރިޔާސީ އިންތިހާބަށް ކެންޑިކޭޓަކު ނެރުން ކަމަށެވެ.
One Response
Beykaaru kameh. Riyasee inthihaab kamiyaabu kurumah PPM nuvatha MDP aa gulhen jeheyne. Rajjeyge siyaasee manazru enoon gothakah badhalu konlan adhi 10-15.aharu.