މާލެއިން ކާފިއު އުވާލައި ބޮޑެތި ލުއިތަކެއްގެ ދިންއިރު މޮނިޓަރިންގައި ހުރި އެހެން ރަށްތަކުގެ ކައުންސިލްތަކުން ކާފިއު އުވާލުމެއްނެތި ހަރުކަށި ފިޔަވަޅުތަކާއި އެކު ވަނީ ރައްޔިތުން ގޭބަންދުކޮށް ރެސްޓޯރެންތައް ތަކާއި ވިޔަފާރިފާރީގެ މުއާމަލާތްތަކަށް ވެސް ވަނީ ދަތިކޮށްފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މޮނިޓަރިންގައި ހުރި ރަށްތަކުގައި ކާފިއު ހިންގޭނެ އެންމެ ދިގު ވަގުތު ކަޑައަޅައި ހާލަތާއި ގުޅޭގޮތުން ފިޔަވަޅުއެޅުމަށް ރަށުގެ ކައުންސިލްތަކާއި ކޮވިޑް ޓާސްފޯސްތަކަށް ބާރުދީފައި ވީނަމަވެސް މީގެން ދުވަހަކު ޕޮޒިޓިވް ކޭސްއެއް ފެނިފައި ނުވާ ރަށްތަކުގެ ކައުންސިލްތަކުން މިހާރުވެސް ގެންދަނީ އެންމެ ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރަމުންނެވެ.
މޮނިޓަރިންގެ ހާލަތުގައި ކާފިއު ހިންގޭނެ އެންމެ ދިގު ވަގުތެއް ކަމަށް އެޗްޕީއޭ އިން ހުއްދަދީފައި ވަނީ ރޭގަނޑު 9 އަކުން ފަތިހް 4 އަށެވެ. އެހެންނަމަވެސް މިއީ ރަށުގެ ހާލަތާއި ގުޅިގެން ކާފިއުގެ ވަގުތު ކުރުކޮށް ލުއި ދިނުމުގެ ބާރު ކައުންސިލްތަކަށް ދީ އެޗްޕީއޭއިން ނެރެފައިވާ އެންގުމެކެވެ.
މާލޭ ސަރަހައްދުގައި ކޮވިޑްގެ ހާލަތާއި ގުޅިގެން ޕޮޒިޓިވްވާ ނިސްބަތަށް ބަލައި ލުއިދޭނެ އުސޫލުތަކެއް ހަމަތަކެއް އޮތް ނަމަވެސް މޮނިޓަރިންގެ ހުރި ގިނަ ރަށްތަކުގެ ކައުންސިލްތަކުގައި އެ ފަންނީ ގާބިލްކަމާއި އެ ވިސްނުންތެރިކަމެއް ފެންނާކަށް ނެތެވެ.
ރައްޔިތުންނާއި ވިޔަފާރިވެރިން ދައްކާ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަންގަވާ ކައުންސިލްތަކުން އަމިއްލައަށް ކަންކަން ނިންމަވަން ނޭނގި، ލާމަރުކަޒީ ނިޒާމުން ގައުމު ހިންގަން ނޭނގޭ ފަދަ ކައުސިލްތަކަށް ބާރުދޫކޮށްލުމުން އޭގެ ހުރިހާ ތަކްލީފެއް އުފުލަން ޖެހޭ ބަޔަކީ ރައްޔިތުންނެވެ.
ކޮވިޑްގެ މާބޮޑު ނުރައްކަލެއް ނެތް މޮނިޓަރިންގް ގައި ހުރި ބައެއް ރަށްތަކުގެ ކައުންސިލްތަކުންވެސް ގެންދަނީ ސައި ހޮޓާތަކާއި ރެސްޓޯރަންޓްތައް ބަންދުކޮށް، ފުލުހުންލައްވާ މުޅިމަގުތަކުގައި ފޯރިމަރަމުންނެވެ.
މާލެ އާއި އެކު މިހާރުވެސް ނަވާވީސް ރަށެއް މޮނިޓަރިންގްގައި އޮތް އިރު މީގެ ތެރެއިން ގިނަ ރަށްތަކަކީ މީގެއިން ދުވަހަކުވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ރަށްތަކެއް ނޫނެވެ.
އިރުވަރު އޮންލައިނާއި މައުލޫމާތު ހިއްސާ ކުރަމުން ލ. ގަމުން ވާހަކަ ދެއްކި ރައްޔިތަކު ބުނީ އެރަށުން ވެސް މީގެ ދުވަހަކު ޕޮޒިޓިވް ކޭސް އެއް ފެނިފައިނުވާ ކަމަށާއި އެހެންނަމަވެސް އަދިވެސް ކައުންސިލާއި ސިއްހީ ހިދުމަތްތެރިން ކާފިއުއަށް ލުޔެއް ދިނުމަށް ބޭނުން ނުވާ ކަމަށެވެ.
" މީގެ ދެ ރެ އެއް ކުރިންވެސް ފުލުހުން ރެސްޓޯރެންޓްތަކަށް ވަދެ އެތަންތަނުގައި ހިދުމަތް ހޯދުމަށް ތިބި ކަސްޓަމަރުން ނެރުނު. ބުނަން މިއުޅޭ އެއްޗަކީ އެންމެ ބާރަށް ކޮވިޑްގެ ނުރައްކާ އޮތް މާލެއިން މިހާ ބޮޑު ލުއިތަކެއް ދޭ އިރު ހަމަ މިތާ ކައުންސިލްތައް މިތިބެނީ ނިދާފައި ބާ އޭ." ލ. ގަމުން ވާހަކަ ދެއްކި މީހަކު ނަން ހާމަ ނުކުރަށް ސަރުތުކޮށް ބުންޏެވެ.
ދުނިޔޭގެ ގިނަ ގައުމުތަކާއި ރާއްޖޭގެ ވެރިރަށް މާލެއިން ވެސް ކޮވިޑާއި އެކު އުޅުމަށް ދަސްކޮށް، އިގްތިސާދު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންދާއިރު އަދިވެސް ބައެއް ރަށްތަކުގެ ކައުންސިލްތަކުން ގެންދަނީ ރައްޔިތުން ގޭބަންދުކޮށް އިގްތިސާދީ ހަރަކާތްތައް ހުއްޓުވާލާ ވިޔަފާރިތަކަށް ދަތިވާނެހެން ފިޔަވަޅުތައް އަޅަމުންނެވެ.
ލާމަރުކަޒީ ނިޒާމުން ގައުމު ހިންގުމަށް މައިސަރުކާރުން ބާރު އަޅަމުންދާ އިރު ބައެއް ރަށްތަކުގައި އުފެދިފައިވާ ކައުންސިލްތަކާއި ރަށްތަކުގެ ސިއްހީ ދާއިރާގެ ސިޔާސީ ވެރިން އަދިވެސް ހަމަ ކިދު ނުފިލަނީ އެވެ. ހަމަ ވާ ނުވާއެއް ނޭނގެނީ އެވެ.
One Response
14 ދުވަސް ކަރަންޓީން އަށް އޯކޭތަ !