Ad

އަނިޔާއިން ރަނގަޅުވެ ވެންޑައިކް ލިވަޕޫލްގެ ތަމްރީންތަކާ ގުޅިއްޖެ

ފަރުވާގައި 10 މަސް ހޭދަކުރުމަށްފަހު އިތުބާރު ޑިފެންޑަރު ވާގިލް ވެންޑައިކް ލިވަޕޫލްގެ ފަރިތަކުރުންތަކާ ގުޅިއްޖެއެވެ.

ވެންޑައިކަށް އަނިޔާވީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ލީގުގައި ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗްގެ 11 ވަނަ މިނެޓްގައެވެ. އެވަޓަންގެ ގޯލްކީޕަރު ޕިކްފޯޑުޖެހި ނުރައްކާތެރި ޓެކުލެއް ވެންޑައިކްގެ ކަކުލަށް އަމާޒުވެ ލިބުނު ސީރިއަސް އަނިޔާއާއި ގުޅިގެން ކަކުލުގެ ލިގަމެންޓްގެ އެންޓީރިއާ ކްރޫސިއޭޓް ލިގަމެންޓް (އޭސީއެލް) ވަނީ އޮޕަރޭޝަންކޮއްފައެވެ. މި ސާރޖަރީއާއެކު ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުޞަތުވެސް ވެންޑައިކަށް ގެއްލުނެވެ. އޭނާއަކީ ނެދަލެންޑްސްގެ ކެޕްޓަނެވެ. އޭނާ ނެތްތަން ނެދަލެންޑްސް ޓީމުން ވަރަށް ބޮޑަށް ދެއްކިއެވެ. ވެންޑައިކް ބުނީ ޔޫރޯގައި ނުކުޅުނީ އަނިޔާއިން މުޅިން ރަނގަޅުވެ އަންނަ ސީޒަނަށް އެއްކޮށް ރަނގަޅުވުމުގެ ގޮތުންނެވެ.

އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ވެންޑައިކް މިހާރު ވަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޮސްޓްރިއާގައި ތަމްރީން ހަދަމުންދާ ލިވަޕޫލް ޓީމާ ގުޅިފައެވެ. ނަމަވެސް ޕްރީސީޒަންގައި ރޭ ލިވަޕޫލް ކުޅުނު ފުރަތަމަ މެޗްގައި އޭނާ ކުޅެފައެއް ނުވެއެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީގައި ލިވަޕޫލާ ގުޅުނު ޑިފެންޑަރު ވެންޑައިކަކީ ކްލަބުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މިދިޔަ ދެ ސީޒަންގައި އޭނާ ވަނީ އެކަން ސާބިތު ކޮށްދީފައެވެ. ލިވަޕޫލުން ޕްރިމިއާ ލީގާއި، ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރިއިރު އެންމެ މުހިއްމު ރޯލެއް ކުޅުނު އެއް ކުޅުންތެރިޔަކީ ވެންޑައިކެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ބެލޮންޑިއޯގެ ގަދަ ތިނެއްގައިވެސް ހިމެނިފައެވެ. އެފަހަރު ވެންޑައިކަށް ލިބުނީ ދެވަނަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *