Ad

ހާލުބައްލަވަން ރައީސް ސޯލިހު ތަކުރާރުކޮށް ގުޅުއްވުމުންވެސް ރައީސް ނަޝީދު ފޯނު ކަނޑާލެއްވީ!

ބިލެއްދޫ ދާއިރާގެ މެންބަރު ދޮންބިލޭ އަހުމަދު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވަން ނުގުޅުއްވާތީ ހިތާމަ ކުރާކަމަށް ބުނެގެން އޭގެ ހަގީގަތް ހޯދަން އިރުވަރުން ރައީސް އޮފީހުގެ އިސް ބޭފުޅަކާއި ގުޅާލީމެވެ. އެބޭފުޅާ ވިދާޅުވީ 6 މޭ 2021 ދުވަހުން ފެށިގެން ސީދާ ރައީސް ސޯލިހް އިސްވެ ރައީސް ނަޝީދުގެ ސިއްހީ ހާލު ކޮޅު ދަނީ ކޮންމެދުވަހަކު ބައްލަވަމުން ކަމަށާއި އަދި މިހާރުވެސް ކޮށްދެންޖެހޭ ހުރިހާ ކަމެއް ކޮށްދެމުންކަމަށެވެ. ރައީސް ސޯލިހު އަދި ރައީސް ނަޝީދުގެ އާއިލާ ވަނީ ގުޅި ލާމެހިފައެވެ. ރަޢީސް ސޯލިހު ގެންދަވަނީ ބަރާބަރަށް ރައީސް ނަޝީދުގެ ހާލު ބައްލަވަމުންނެވެ.

ރައީސް ނަޝީދު ފޯނު އޮން ކުރެއްވީ ވަރަށް ފަހުން ކަމަށާއި އަދި އޭގެ ފަހުން އެތައް ފަހަރަކު ރައީސް ސޯލިހު ގުޅުމުން ރައީސް ނަޝީދު ފޯނު ކަނޑާލެއްވީ ކަމަށެވެ. އަދި ރައްޓެހިން މެދުވެރިކޮށް ރައީސް ނަޝީދު ވިދާޅުވަނީ ފޯނު ނަގަނީ ރައީސް ޔާމީނު ގުޅުއްވީމާ ކަމަށެވެ.

ރާއްޖޭއިން ފުރި ޖެޓްގެ ހަރަދު ފިޔަވާ ހުރިހާ ޙަރަދެއް ސަރުކާރުން

ރައީސް އޮފީހުގެ ބޭފުޅާ އިތުރައް ވިދާޅުވީ ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގަތް ޖެޓުގެ ހަރަދު ފިޔަވާ ރައީސް ނަޝީދުގެ ހުރިހާ ކަމަކަށް ހަރަދު ކުރައްވަނީ ސަރުކާރުންނެވެ. އެހުރިހާކަމެއް ހަމަޖައްސަވަނީ ސީދާ ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށުންނެވެ. ރައީސް ނަޝީދަށް ހުރިހާކަމެއް ފަސޭހަ ފުޅު ވާނެހެން ރައީސް ސޯލިހުދަނީ ހަމަޖައްސަވަމުންނެވެ. ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ ގާތްފަރާތްތަކުން ފުރައްސާރައާއި ދޮގު ތުހުމަތުތައް ނޫނީ ރައިސް ސޯލިހުއަށާއި ސަރުކާރަކަށް ނުލިބެއެވެ.

ރައީސް ޔާމީނު އެތައް ބަޔަކަށް ކުރެއްވި އަނިޔާ މިހާރު ރައީސް ނަޝީދައް އޯކޭ ވެއްޖެކަމަށްބުނެ އެންޑީޕީގެ އާންމު މެމްބަރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް ސޯލިހުއަށް މިވަގުތު އެންމެ މުހިންމީ މިއޮށްބޮޑު ސިއްހީ ކާރިސާ އިން ގައުމު ސަލާަމަތްކޮށް މީގެން އަރައިގަތުމެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރުގަދަކުރަން ދައުލަތުން ގެކޮޅެއް ހަމަޖައްސާ ހުރިހާ ސެކިއުރިޓީގެ އިންތިޒާމްތައްވަނީ ހަމަޖައްސާފައެވެ. އަދި އެމައްސަލަ ތަހުގީގުކޮށް އޭގައި ހިމެނޭ އެއްމެން ހިފާ ހައްޔަރު ކޮށް ދައުވާކުރަން ދަނީ ފޮނުވަމުންނެވެ. އަދި ސީދާ ހަރުކަށިފިކުރު ނައްތާލަން ރައީސް ސޯލިހު ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް ސިޔާސީ ގޮތުން ރައީސް ނަޝީދަށް ދައުލަތުގެ އެންމެ މަތީބާރު ނުލިބޭހާ ހިނދަކު ރައީސް ސޯލިހުވަރުގެ ނުބައި މީހަކު އެމަނިކުފާނަށާއި އެމަނިކުފާނުގެ ބައިވެރިންނަކަށް ނޯންނާނެ ކަމަށް އެމްޑީޕީގެ އާންމު މެމްބަރުން މިހާރު ދަނީ ބުނަމުންނެވެ.  ބަރުލަމާނީ ކިޔަސް އަދި 2023 ގެ ޓިކެޓް ވިޔަސް މިކިޔަނީ އެކައްޗެކެވެ. ރައީސް ނަޝީދު ވެރިކަން ކުރަން ބޭނުންފުޅުވުމެވެ. އެހެންވެ ހުރިހާކަމެއް ވެސް ސިޔާސީ ކުރައްވަނީއެވެ.

ރައީސް ސޯލިހު ރާއްޖޭގެ %58 ރައްޔިތުންގެ ވޯޓާއެކު ހޮވާފައިވަނީ ރައީސް ޔާމީނުގެ އަނިޔާވެރިކަން ނައްތާލާ ގައުމު ހެޔޮމަގަށް އަޅުވާށެވެ. ރައީސް ސޯލިހު ހުންނެވީ ރައްޔިތުން އެދިލެއްވިގޮތައް ވެރިކަން ކުރުމުގާ ސާބިތުވެއެވެ. އަދި ވެރިކަން ބޭނުންވެގެން އުޅޭ ފަރާތްތަކަށް ދޫދެއްވާކަށް ވެސް ނޫނެވެ. ދުނިޔޭގެ ތާރީހުގަވެސް ދިމާވި އެންމެ ބޮޑު ސިއްހީ ކާރިސާއިން ރާއްޖެ ސަލާމަތްކޮށް ރައްޔިތުންނާއި އެކީ ކުރިއަށްވަޑައިގަތުމަށް ރައީސް ސޯލިހު ހުންނެވީ އަތުކުރި އޮޅާލައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ރނގަަަޅަށް ވިއްޔާ ރައީސްް އެވަރުކުރާއިރުވެސް ދޭނީ ތެޔޮހަމެއް.

  2. އެހެން ވީމާ އަބަދުވެސް މިބުނަނީ އަންނިއަކީ ފަށްކާ މުނާފިގެކޭ މުޅިންހަދާނީ ބޮޑުވެގެންވާ މާސިންގާ ދޮގުތަށްކަމަށް. އިބޫކިހާރަނގަޅުތޯ އިބޫފޯނުކުރެއްވީމާ އަންނިފޯނު ނުނަގަނީނު މިފެންނަނީ އަންނީގެ ނުލަފާކަން އިބޫއާއި ދޭތެރޭ އަންނި ގެންގުޅޭ ހަސަދަވެރިކަން އެހެންނޫންތޯ ވަރަށް ވަރަށް ސާފް އިނގޭތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *