Ad

ސަރުކާރުގެ ޢަމަލުތައް ހުރީ ޤައުމުގެ މިނިވަން ގެއްލޭ ގޮތަށް: އިދިކޮޅު

މިހާރުގެ ސަރުކާރުގެ ޢަމަލުތައް ހުރީ ދިވެހި ގައުމުގެ މިނިވަން ގެއްލޭ ގޮތަށް ކަމަށް އިދިކޮޅު ޕީޕީއެމް،ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ފާޑުކިޔައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ ރާއްޖޭގެ މިނިވަން ދުވހާ ދިމާކޮށް މިއަދު އާންމުކުރި ބަޔާނެއްގައެވެ.

ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ސަރުކާރުން ކުރަމުން ގެންދާ ހުރިހާ ކަމަކަށް ފާރަވެރިވެ، އެކަންކަމާއި ދެކޮޅަށް އަބަދުމެ އަޑު އުފުލާނެ ކަމުގެ ޔަޤީންކަންވެސް ޔަގީންކަން އަރުވާކަން ފާހަގަކުރުމާއެކު، ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމް ދީނާއި މިނިވަން ކަން ގެއްލޭފަދަ ގޮތް ގޮތަށް ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ބަޔާނުގައި ގޮވާލާފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދިވެހި ރައްޔިތުންނަށްވުރެ، މިޤައުމުގައި ދިރިއުޅޭ އެހެން ޤައުމެއްގެ ރައްޔިތުންނަށް ދެވޭ ޝަރަފާއި ޢިއްޒަތް އިތުރުވެ، ޒަމާނުއްސުރެ ދިވެހިން ޤަބޫލުކޮށް ނިންމާފައިވާ އެތައް ކަމެއް ބަދަލު ކުރުމަށް މަޖުބޫރުވާ ޙާލަތަކަށް ޤައުމު ވެއްޓިގެން ގޮސްފައިވާ ކަމަށެވެ.

ވަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް މިޤައުމުގައި ތަފާތު ދީންތަކަށް ޢަޅުކަން ކުރެވޭ ގޮތަށް، ދިވެހި ރައްޔިތުންނަށްވެސް ދީނީ މިނިވަންކަން ހޯދައިދިނުމުގެ މަސައްކަތްތަކެއް ބައެއްގެ ނުފޫޒާއެކު ނަމަވެސް، ސަރުކާރުގެ ތެރެއިން ފަށްޓާފައިވާކަމުގެ އަޑުތައް ގަދަވެފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހިން އެދެނީ މިޤައުއުމުގެ ފަޚުރުވެރި ކާބަފައިންގެ ބުރަ މަސައްކަތުން މިޤައުމު މިއަދާއި ހަމައަށް ގެނެސްދެވިފައިވާ ޙާލަތުގައި އެއަށް އެއްވެސް އުނި އިތުރެއް ނުގެނެސް އަންނަން އޮތް ޖީލު ތަކާއި ހަމައަށް ޤައުމު ގެންގޮސްދިނުމަށް ކަމަށާއި އެކަން އެ ގޮތަށް ކުރުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ރައީސް ޢަބްދުﷲ ޔާމީން ވެވަޑައިގަންނަވާނެކަން މިޤައުމަށް ވަނީ ސާބިތުކޮށްދެއްވާފައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ގެއްލިގެންދާ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *