Ad

ވަރި ކުރުން މަދު ކުރެވޭތޯ ބަލަމާތޯ އެވެ! (ދެވަނަ ބައި)

ކުރީ ދުވަހުގެ ރިޕޯޓް ގައި ވެސް އަލި އަޅުވާލަައިފައި ވާނެ ފަދައިން ވަރި އަކީ ވަކި އުމުރު ފުރައެއް ނެތި އެކަން ތަޙައްމަލުކުރާ ކޮންމެ މީހަކަށް ވެސް ވަރަށް ނޭދެވޭ އަސަރުތަކެއް ތަޙައްމަލް ކުރަން ޖެހޭ ކަމަކެވެ. ވަރި އަކީ އިނދެގެން އުޅޭ ދެ މީހެއްގެ ދެމެދުގައި ހިންްގާ ކަމެއް ނަމަވެސް އޭގެ ސަބަބުން ސީދާ އަދި ނުސީދާ އަސަރު އެތައް ބަޔަކަށް ކުރެއެވެ. އެންމެ ބޮޑަށް އަސަރު ކުރާނީ އެ ކައިވެނީގެ ސަބަބުން ލިބިފައި ތިބި ދަރިންނަށެވެ.

ދެމީހަކު ކައިވެނި ކުރާއިރު ގުޅެނީ ހަމަ އެކަނި އެ ދެ މީހުން އެކަންޏެއް ނޫނެވެ. އެ ދެ މީހުންގެ ވެސް މައިން ބަފައިން ގެ އުންމީދުތަކާއި އަދި ދެ ފަރާތުގެ ވެސް ޢާއިލާ ގުޅި ލާމެހިގެން ދެއެވެ. އެހެން ކަމުން ދެމީހަކު ވަރިވާއިރު ގިނަ ފަހަރަށް އާއިލާތަކުގެ ތެރޭގައި ވަރަށް ބޮޑެތި ހަމަނުޖެހުން ހިންގާ ގޮތް ވެސް ދިމާވެއެވެ. މިހެން ކަމުން ވަރި ގިނަވުން ވާނީ މުޖްތަމަޢުއެއްގަ އޮންނަން ޖެހޭ ގާތްކަން ނެތިކޮށްލާ ހިތްތަކުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަން އަށަގަނުވާ ޢަމަލަކަށެވެ. ވަރި ކުރުމުގައި ފޮރުވިފައި ހުރި އިންސާނުންނަށް ލިބޭ ގިނަ ގުނަ ނުރައްކާތެރިކަން ބޮޑުކަމުން ތާއެވެ ޝައިތޯނާ އޭނާގެ ފަހުލަވާނުން ކުރެ އެންމެ އުފާ ވަނީ ދެމަފިރިއެއްގެ ދޭތެރޭ މައްސަލަ ޖައްސައި ވަރި ކުރުމަށް ވަސްވާސްދީ އެކަން ކާމިޔާބު ކުރާ ފަހުލަވާނާދެކެ އެވެ! އަދި މިފަދަ ނުބައި ކަމަކުން އިންސާނުން އަދި ވަކިން މުސްލިމުން ދުރުހެލި ކުރުވުމެގެ ގޮތުން ވަރި އަކީ މާތްالله ހުއްދަ ކުރައްވާފައިވާ ކަންކަމުގެ ތެރެއިން އެ ރަސްކަލާންގެ އެންމެ ރުހިވޮޑިގެންނުވާ ޢަމަލު ކަމުގައި ވެސް އަންގަވަފައި ވެއެވެ. މިކަން މިހެން އޮއްވައި އަޅުގަންޑުމެންގެ ތެރޭގައި ވަރި މިހާ ގިނަ ވާން ޖެހޭ ދަރަޖަ އަކަށް ދިއުމުން، އަޅުގަންޑުމެން ދިވެހިންނާ ދޭތެރޭ ވިސްނިވަޑައިގަންނަވަނީ ކޮންފަދަ އަކުން ހެއްޔެވެ؟

ކައިވެންޏަކީ އިސްލާމްދީނުގައި ވަރަށް މަތީ ދަރަޖައެއް ދެވިގެންވާ "އަޅުކަމެކެވެ". އަލަތު ކައިވެންޏެއް ކޮށްގެން ދިރިއުޅުމެއް ފައްޓާއިރު ހުރިހާ އެންމެން ވެސް ވަރަށް ފޮނި އުންމީދުތައް ކުރެއެވެ. މި ފޮނި އުއްމީދުތައް ޙާސިލްކޮށް ހަމަ ޖެހޭ ދިރިއުޅުމެއް އުޅުމަށްޓަކައި ދެމަފިރިންވެސް އެކަކު އަނެކަކަށް ދޫކޮށް، ވާންޖެހޭ ޤުރުބާނީ އެއްވުމަށް ތިބެން ޖެހޭނީ ތައްޔާރަށެވެ.

އަޅުގަނޑުމެން މުސްލިމުން އުފާވެރި ކަމުގަޔާއި ދަތި އުނދަގޫ ޙާލަތުގައިވެސް الله ހަނދުމަ ކުރުމަށް އަންގަވައި އެކަލާނގެ މައްޗަށް އީމާންތެރިކަން ވަރުގަދަ ކުރުމަށް އަނގަވާފައި ވަނީ ވަރަށް ބޮޑު ސަބަބުތަކާއި ހުރެއެވެ. އިންސާނުންނަކީ ވަރަށް އަވަހަށް ކަންކަމާއި މާޔޫސްވެ، އެހާމެ އަވަހަށް ރުޅި އިސްކުރެވި އަދި ހިތުގައި ވެސް ޖެހޭ ބަޔެކެވެ. މިއިން ކޮންމެ އިރަކީ އިންސާނެއްގެ ހަމަ ބުއްދީގެ މައްޗަށް ޝައިތޯނާ ބާރު ހިންގަން މަސައްކަތް ކުރާނެ މަރުޙަލާ ތަކެވެ. އެހެން ކަމުން މީގެއިން އެއްވެސް އިޙްސާސެއް ބަނޑުން ހިންގައި ދާނެ ކަހަލަ ކަމެއް ކުރިމަތި ވެއްޖެނަމަ މާތްالله ހަންދުމަކޮށް ކެތްތެރިވާން އަމިއްލަ ނަފްސަށް އާދަކުރުވުން ވަރަށް މުހިއްމެވެ. ފިރިމީހާ ނުވަތަ އަނބި މީހާ ދެކެ ހިތްހަމަަ ނުޖެހޭ ކަމެއް ދިމާވެއްޖެނަމަ މާތްاللهގެ ރަސްކަންފުޅު ހިތުތެރެއަށް ވައްދައި ޝައިތޯނާގެ ވަސްވާހަށް ނުހެއްލުމަށް އަމިއްލަ ނަފްސް "ޓްރެއިން" ކުރުމުންް އޭގެން ވެސް ތިބާ އަށް ސަވާބު ލިބޭނެއެވެ. އަދި އޭގެ އިތުރުން އަމިއްލަ ދިރިއުޅުމާއި ދަރިންގެ މުސްތަޤްބަލް ސަލާމަތް ކުރެވެއެވެ.

އަމިއްލަ ފިރިމީހާ ދެ އަނތްބަށް މީހަކާ އިންނާކަށް އެއްވެސް އަންހެނެއްގެ ހިތެއް ހަމައެއް ނުޖެހޭނެއެވެ. އަދި މިކަން ހުއްދަ ކުރެއްވުމުގައި މަތިވެރި ޙިކްމަތް ތަކެއް ވާކަން އެނގުނަސް އެކަން ޤަބޫލު ކުރަން ވެސް ދަތިވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިހެން ވާން ޖެހެނީ މީހަކާ އިންނައިރު ފިރިހެން މީހާގެ ވެސްް އަދި އަންހެން މީހާގެ ވެސް ވިސްނުމުގައި މި ލިބެނީ އަމިއްލަ ހަރުމުދާ ގަނޑެއް ކަމަށް ހީކުރާ ހީކުރުމެވެ. އެއް ގޮތަކަށް ވެސް އެހެންނެއް ނޫނެވެ! އަނބިމީހާ އަކީ ނުވަތަ ފިރިމީހާ އަކީ ތިމާގެ އަމިއްލަ މިލްކިއްޔާތެއް ނޫނެވެ! ކައިވެންޔެއްގައި އަނބިމީހެއްގެ ވަކި ޙައްޤު ތަކަކާއި އަދި ފިރިމީހާގެ ވަކި ޙައްޤުތަކެއް ވާކަން ކަނޑައެޅިގެން ދީނުގައި އަންގަވާފައި ވެއެވެ. އެ ޙައްޤުތައް ކަނޑަ އެޅިފައި އޮންނަނީ ދިމާވެދާނެ މައްސަލަތަކުން ދެފަރާތް ވެސް ޙިމާޔަތްކޮށް ސުލްޙަވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހި ކޮށްދެއްވުމަށް ޓަކައެވެ. ފިރިހެނަކު ދެ އަނބިންނާ އިންނަން ގަސްތު ކުރަނީ ނަމަ ތިމާ އަކީ އެ ވަރުގެ ކަމެއް ކުރަން ތަސައްރަފު ފުދޭ މީހެއްތޯ އެންމެ ފުރަތަމަ ވިސްނާލަން ޖެހެއެވެ! ކަންކަމާ ނުވިސްނާލާ ޖޯޝުގައި ޖެހިގެން ކުރެވޭ ކަމަކުން އަނބެއްގެ ޙައްޤުތަކުން އަހެނަކު މަޙްރޫމް ކުރެވި، ދެ އަނބިން ދޭތެރޭ ކުޑަވެސް ތަފާތެއް ކުރެވިއްޖެނަމަ ލިބިދާނެ ފާފަ ޔަކަށް ވެސް ވިސްނާފަ ނޫނީ ދެއަނބިންނާ އިންނާކަށް ނުވާނެއެވެ!

 

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *