Ad

"އިރުވަރު އަހަރީ މަސްރޭސް" މިއަދު ތ. ވަންދޫގައި

"އިރުވަރު އަހަރީ މަސްރޭސް 2021″ މިއަދު ހަވީރު ތ. ވަންދޫގައި އޮންނާނެއެވެ.

މި މުބާރާތުގައި ޖުމްލަ 6 ޓީމު ބައިވެރިވެއެވެ. މުބާރާތް ކުރިއަށްދާނީ ހަވީރު 4 އިން ރޭގަނޑު 9 އަށެވެ.

މި މަސްރޭހަކީ އިރުވަރު ނޫހަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި، ރަށްރަށުގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މި މުބާރާތް ހިންގަނީ އިރުވަރު ނޫހާއި ވަންދޫ ކައުންސިލާއި އަދި ވަންދޫ ވިޑްސް ޖަމްއިއްޔާ ގުޅިގެންނެވެ.

މުބާރާތުގެ ސްޕޮންސަރުންނަކީ ރާޢްޖޭގެ އެންމެ ބޮޑު މަސް ކުންފުނި މިފްކޯގެ "ފަސްމީރު" ބްރޭންޑާއި ރާއްޖެއިން އެންމެ ފުޅާކޮށް ބޮޑުކަންނެލި ބޭރުކުރާ އެންސިސްގެ "އެންޒީ" އާއި އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަމުގެ ސާމާނު ވިއްކާ "ހައި ފިޝިންގ ޓެކަލްސް" އެވެ.

މުބާރާތުން ވަނަ ވަނަ ހޯދާ ފަރާތްތަކަށާއި ޓީމުތަކަށް ސްޕޮންސަރުންވަނީ އެކުންފުނިތަކުގެ ޕްރޮޑަކްޓްތައް އިނާމުގެ ގޮތުގައި ހުށައަޅާފައެވެ.

މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނައިގެ އިތުރުން ދެން ހޮވާ ވަނަތަކަކީ "އެންމެ ބޮޑު މަހެއް ބޭނި މަސްވެރިޔާ"، އެންމެ ދިގު މަސް ބޭނި މަސްވެރިޔާ" އަދި "އެންމެ އާދަޔާ ޚިލާފު މަސްވެރިޔާ" އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *