Ad

މަސްވެރި އިހަވަންދޫ ޖަމްއިއްޔާއިން އެރަށު މާވަޑިންގެ އަގު ވަޒަންކޮށް އެވޯޑް ދީފި

އިހަވަންދޫގައި އެންމެ ފަހުން އުފެދުނު ޖަމްއިއްޔާ ކަމަށްވާ "މަސްވެރި އިހަވަންދޫ" ޖަމްއިއްޔާއިން އެރަށު މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑް ދީފިއެވެ. މި އެވޯޑްތައް ދީފައިވަނީ މަސްވެރިންގެ ދުވަހުއެވެ. އެޖަމްއިއްޔާއިން ވަނީ މަސްވެރިކަމުގެ 4 ފަރާތަކަށް އެވޯޑް ދީފައެވެ. މިގޮތުން މަސްވެރިކަމުގެ ދާއިރާއިން އޮޑިދޯނިފަހަރުގެ އިންޖީނު އެޅުމާއި މަރާމާތު ކުރުމުގެ ދާއިރާއިން 2 ފަރާތަކުން ވަނީ އެވޯޑް ހާސިލްކޮށްފައެވެ. އެއީ ހއ. އިހަވަންދޫ މަލަކާ އަލީ އިބްރާހިމާއި ހއ. އިހަވަންދޫ ހަޝީމީ މަންޒިލް މުޙައްމަދު ހާޝިމެވެ.

މަސްވެރިކަމުގެ ދާއިރާއިން އޮޑިދޯނިފަހަރު ބަނުމުގައި ހަރަކާތްތެރިވާ 2 މާވަޑިއަކަށްވެސް ވަނީ ޝަރަފްގެ ފިލާ ދީފައެވެ. މި ފިލާ ހާސިލްކުރި ފުރަތަމަ ފަރާތަކީ ހއ. އިހަވަންދޫ ސަބްދެލީގޭ މުޙައްމަދު އަބްދުﷲއެވެ.

މަސްވެރިކަމުގެ ދާއިރާއިން އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއިން 2 ވަނައަށް ޝަރަފްގެ ފިލާ ހާސިލްކުރީ ހއ. އިހަވަންދޫ އަންނާރުމާގޭ މުޙައްމަދު އާދަމްއެވެ.

ޝަރަފްގެ ފިލާ މި ފަރާތްތަކާ ހަވާލުކޮށްދެއްވީ މަސްވެރި އިހަވަންދޫގެ އެއް މަސްއޫލުވެރިޔާ އަދި ވިޔަފާރިވެރިޔާ އޮމެގާ އަހުމަދު ނަސީރެވެ. މި ޖަމްއިއްޔާ އުފެދުނު ފަހުން އެޖަމްއިއްޔާއިން ގެންދަނީ މުޖުތަމައުއަށްް ފައިދާހުރި އެކިކަހަލަ ޕްރޮގްރާމްތައް އެރަށުގައި ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *