ނަހުލާގެ ފިލްމެއްގެ އިންތިޒާރުގަ ތިބިފަރާތްތަކަށް މިފަހަރު 'ސޮރީ'

ދިވެހި ލޯބީގެ ފިލްމުތައް ޕްރޮޑިއުސް ކުރުމަށް މަޝްހޫރު ޕްރޮޑިއުސަރ ފަތިމަތު ނަހުލާ ޕްރޮޑިއުސް ކޮށްފައިވާ 'ސޮރ’ީ ގެ ރަސްމީ ޓްރެއިލާ ރޭ ނެރެފިއެވެ.

ނަހުލާގެ ފިލްމުތަކަށް އިންތިޒާރުކުރާ ފަރާތްތަކުގެ އިންތިޒާރަށް 'ސޮރީ' އިން މިހަފަރު ނިމުން ގެނެސްދޭއިރު އެ ފިލްމުގެ ރަސްމީ ޓްރެއިލާ ނެރުމަށް ރޭ ސޯޝަލް ސެންޓަރުގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ރަސްމިއްޔާތަށްވެސް ވަރަށް ގިނަ ބަޔަކު ވަނީ ގޮސްފައެވެ.

ސޯޝަލް ސެންޓަރުގައި އާއްމުކޮށް ހުޅުވާލައިގެން ބޭއްވި އިވެންޓަކީ، ފިލްމުގެ ރަސްމީ ޕޯސްޓަރާއި ފިލްމުގައި ހިމެނޭ ލަވަތަކުގެ އޯޑިއޯ އަލްބަމް ނެރުމަށް ބޭއްވި އިވެންޓެކެވެ. މި ފިލްމުގެ ބައެއް ލަވަތައްވެސް އިވެންޓުގެ ތެރެއިން އާންމުންނަށް ވަނީ އިއްވާލާފައެވެ.

ނަހުލާގެ އެހެން ފިލްމު ތަކެކޭ ވެސް އެއްފަދައިން މި ފިލްމަކީވެސް ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އަސަރު ގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގައި އެކި އެކި ރޯލް ތަކުން ގިނަ ތަރިން ތަކެއް ފެނިގެންދާއިރު މި ފިލްމުން ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީޢު(ޔޫއްޕެ) އާއި، މަރިޔަމް އައްޒަ ފެނިގެންދެއެވެ.

މި ފިލްމްގެ ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *