Advertisement
BML Home 2nd Ad
Indian Bollywood actor Salman Khan (2R) celebrates and wishes his fans Ramzan Eid Mubarak at his residence in Mumbai on July 18, 2015.  AFP PHOTO        (Photo credit should read STR/AFP/Getty Images)
Indian Bollywood actor Salman Khan (2R) celebrates and wishes his fans Ramzan Eid Mubarak at his residence in Mumbai on July 18, 2015. AFP PHOTO (Photo credit should read STR/AFP/Getty Images)

ކާރާއެކު ގޮއްވާލާނެ ކަމުގެ އިންޒާރު ސަލްމާން ޚާނަށް

ކާރާއެކު ގޮއްވާލާނެ ކަމަށްބުނެ ސަލްމާން ޚާން އަށް އަނެއްކާވެސް މަރުގެ އިންޒާރު ދީފިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

އިންޑިއާގެ މުމްބާއީގެ ވަރްލީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ވަޓްސްއެޕް ނަންބަރަށް ކާކުކަން ނޭނގޭ ނަންބަރަކުން ފޮނުވި އެ މެސެކޖްގައިވަނީ ކާރާއެކީ ބޮމެއް ގޮއްވާލައިގެން ސަލްމާން ޚާން މަރާލާނެ ކަމަށެވެ.

އެ މެސެޖް ގެ މައްސަލަ މިހާރުވަނީ މުމްބާއިޣެ ވަރުލީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅައިފައެވެ.

ސަލްމާން ޚާން އެންމެ ފަހުގެ ފިލްމު "ސިކަންދަރު" ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް މިހާރު ދަނީ ހޯދަމުންނެވެ. މި ފިލްމަކީ 2023 ވަނަ އަހަރު ރިލީޒްކުރި "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އަށް ފަހު ސިނަމާތަކަށް އައި ސަލްމާމް ގެ ފުރަތަމަ ފިލްމެވެ.

މަރުގެ އިންޒާރާ ބެހޭ ގޮތުން ސުވާލު ކުރުމުން ސަލްމާން ޚާން ބުނީ ވަގުތު ހަމަވުމުން މަރުވާނެ ކަމަށާއި، އެހެންދޭ އިންޒާރަކަށް ބިރު ނުގަންނަ ކަމަށާއި އެކަމަކީ ހެއްދެވި ފަރާތަށް އެކަނި އޮންނަ ކަމެއް ކަމަށް ބުނެފައެވެ. މަރުވާނެ ވަގުތު ވަނީ ކަނޑައެޅިފައި ކަމަށާއި އެ ވަގުތު އިނގޭނީ ހަމައެކަނި ހެއްދެވި ފަރާތަށް ކަމަށެވެ.

ދަދި ފަހުން ސަލްމާން ޚާން އަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާއަށްފަހު ސަލްމާންހާން ވަނީ އޭނާގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add