ގޭތެރޭގައި ހައްދާ ގަހާއި އޮންނަނީ ކޮންގުޅުމެއް

ކޮވިޑް 19 ގެ ތެރޭގައި ޓްރެންޑްވި ގޭތެރޭގައްޔާއި އޮފީސް ތެރޭގައި އިންޑޯ ޕްލާންޓްސް ނުވަތަ ގަސް ހެއްދުމަކީ މުޅި ދުނިޔޭގައިވެސް ވަރަށް އާއްމުކަމަކަށް މިހާރުވަނީ ވެފައެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި އިންޑޯ ޕްލާންޓްސްގެ ވިޔަފާރި ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، 2031 ވަނަ އަހަރުގެ ނިޔަލަށް އެ ވިޔަފާރިއަކީ 28 ބިލިއަ ޑޮލަރަށް ވުރެ ބޮޑު ވިޔަފާރިއަކަށް ވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ގޭތެރޭގައި އިންޑޯ ޕްލާންޓްސް ހައްދާ ސަބަބު ތަކުގެ ތެރޭގައި ގޭތެރޭގެ ވައި ސާފުކުރުމާއި، ސްޓްރެސް ރިލީފް ކުރުމާއި، ގޭތެރޭގެ ޒީނަތްތެރިކަން ފަދަ ތަފާތު ސަބަބުތަށް ހިމެނެއެވެ.

އެހެންކަމުން އިންޑޯ ޕްލާންޓްސް ގޭތެރޭގައި ބޭނުންކުރާ މީހުން އެކަންކުރާ ސަބަބު ދެނެގަތުމަށް ނުވަތަ އިންޑޯ ޕްލާންޓްސް އާއި އެ ފަރާތްތަކާ އޮންނަނީ ކޮން ގުޅުމެއްތޯ ބެލުމަށް އޮސްޓްރޭލިއާގައި ކުރެވުނު މި ދިރާސާއިން އެނގުނީ އެ ޕްލާންޓްސް ތަކާއި އެފަރާތްތަކާ ވަރަށް މާނަހުރި ގުޅުމެއް އޮންނަ ކަމަށެވެ.

ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން 18 އަހަރާއި 69 އަހަރާ ދެމެދުގެ އިންޑޯ ޕްލާންޓްސް ހެއްދުމަށް ލޯބިކުރާ 115 މީހުންގެ މެދުގައި ކުރި ދިރާސާއަކުން ހާމަވީ ބައެއް މީހުން އިންޑޯ ޕްލާންޓްސް އަކީ އެމީހުންގެ އާއިލާގެ މެމްބަރަކު ފަދައިން އެ ގަސްތަކަށް އަޅާލައި އެތަކެތީގެ އިހްސާސް ތަށް ފީލްކޮށް އެ ގަސްތައް މަރުވުމުން ނުވަތަ ހަލާކުވުމުން ދެރަވެ ހިތާމަ ކުރާކަމަށެވެ.

މި ދިރާސާއިން ދައްކި ގޮތުގައި ގަސްތަކުގެ ސަބަބުން ޕޮޒިޓިވް އިހުސާސްތައް އިތުރުވެ، ސްޓްރެސް ކުޑަކޮށް، އުފެއްދުންތެރިކަން އިތުރުވެ، ޖިސްމާނީ ނުތަނަވަސްކަން ވެސް ކުޑަކޮށްދެ އެވެ. އަދި ބައެއް މީހުން އިންޑޯ ޕްލާންޓްސް ހައްދަނީ ލިބޭ ހުސްވަގުތު ބޭކާރު ކަންކަމާ ވިސްނުމުން ދުރުހެލިވުމަށްޓަކައި އެތަކެއްޗާގުޅޭ ކަންކަން ކުރުމުގައި އެވަގުތުތަކުގެ ބޭނުން ހިފުމަށެވެ. އަދި ބައެއް މީހުންނަކީ ގެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އުފާވެރިކަން ގެނައުމުގެ މަގްސަދުގައި އިންޑޯޕްލާންޓްސް ހައްދާ ފަރާތްތަކެވެ. އަނެއްބައި މީހުން އިންޑޯ ޕްލާންޓްސް ހައްދަނީ އިންޓީރިއާ ޑިޒައިންގެ ބައެއްގެ ގޮތުގައި އެވެ.

މި ދިރާސާގެ ހުރިހާ ބައިވެރިންވެސް އިންޑޯ ޕްލާންޓް ހުރުމުން ލިބޭ 11 ފައިދާއެއް ވަނީ ރިޕޯޓްކޮށްފަ އެވެ.

ދެބައިކުޅަ އެއްބައި މީހުން ސިފަކުރީ އިންޑޯ ޕްލާންޓްތަކުގެ އެސްތެޓިކް އެޕީލް އެވެ. އެމީހުން ކޮށްފައިވާ ކޮމެންޓްތަކުގެ ތެރޭގައި އިންޑޯ ޕްލާންޓްތަކަކީ "ބަލާލަން ރީތި"، "ސޮފްޓް ރޫމްސް" އަދި "ކަލަފުލް" ހިމެނެއެވެ. އަދި ވައިގެ ކޮލިޓީގެ ފައިދާތައް ވެސް ބައިވެރިން ފާހަގަކުރި އިރު އިންޑޯ ޕްލާންޓް ތަކުގެ ސަބަބުން ހަމަހިމޭންކަން އިހްސާސްކުރެވޭކަމަށްވެސް ބައިވެރިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން މި ގަސްތަކުގެ ސަބަބުން ޖިސްމާނީ ދުޅަހެޔޮކަން ރަނގަޅުކޮށްދީ، ނުތަނަވަސްކަން ކުޑަކޮށްދީ، ވަރުބަލިކަން ފިލުވައިދީ، ހިތްގައިމު ވަހެއް ދުވުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *