2025 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަނދި 7 އަންހެނުން

ދުނިޔޭގެ އެންމެ މުންސަނދިންގެ ލިސްޓެއް ހަދާނަމަ އެ ލިސްޓުގައި އަންހެނުން ހިނެމޭނެކަން ކަށަވަރެވެ. މިފަހަރު މި ބަލާލަނީ ދުނިޔޭގެ މުއްސަނދިންގެ ތެރެއިން މިއަހަރު އެންމެ މުއްސަނދި 7 އަންހެނުންނަށެވެ.

 

1- އެލިސް ވޯލްޓަން (ނެޓް ވޯތު: 102.6 ބިލިއަން ޑޮލަރު)


ފްރާންސްގެ ލޮރިއަލްގެ ވާރިސުން ކަމަށްވާ ފްރެންކޮއިސް ބެޓެންކޯޓް މޭޔަރސް ފަހަތަށް ޖައްސާލުމަށްފަހު އެލިސް ވޯލްޓަން ވަނީ 2025 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަނދި އަންހެނާގެ މަގާމު ހޯދާފައެވެ. ވޮލްމާޓްގެ ބާނީ ސޭމް ވޯލްޓަންގެ ހަމައެކަނި އަންހެން ދަރިކަނބަލުން އެލިސް މިދިޔަ އަހަރަށް ވުރެ މިއަހަރުގެ މިހާތަނަށް 28.7 ބިލިއަން ޑޮލަރުގެ މުއްސަނދި ކަމެއް ލިބިފައިވެއެވެ. ވޯލްޓަންގެ ޝައުގުވެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، އޭނާގެ އެއްބަނޑު އެއްބަފާ ދެބެން ކަމަށްވާ ރޮބް އާއި ޖިމް ފަދައިން ވޯލްމާޓްގެ ބޯޑުގައި ހިދުމަތް ކުރުމުގެ ބަދަލުގައި އާޓް ކިއުރޭޓް ކުރުމަށް އޭނާ މިހާރު ސަމާލުކަން ދީފައިވާ ކަމަށް ފޯބްސް އިން ބުނެ އެވެ.

2- ފްރެންކޮއިސް ބެޓްޓެންކޯޓް މޭޔަރސް އެންޑް ފެމިލީ (81.5 ބިލިއަން ޑޮލަރު)


ފްރާންސްގެ ވިޔަފާރިވެރިޔާ، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ލިޔުންތެރިޔާ އަދި 2024 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރު ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި އަންހެނާގެ މަގާމަށް ފަހަތަށް ޖެހިލާފައެވެ.

3- ޖޫލިއާ ކޯޗް އެންޑް ފެމިލީ (74.2 ބިލިއަން ޑޮލަރު)


ޑޭވިޑް ކޮޗްގެ އަންހެނުން ޖޫލިއާ ކޮޗަކީ ދުނިޔޭގެ ތިން ވަނައަށް އެންމެ މުއްސަނދި އަންހެނާއެވެ. ޑޭވިޑް 2019 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން އެމެރިކާގެ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ ކޮޗް އިންޑަސްޓްރީޒްގެ 42 އިންސައްތަ ކޮޗާއި އޭނާގެ ތިން ދަރިންނަށް ވަނީ ލިބިފައެވެ.

4- ޖެކްލިން މާސް (40.2 ބިލިއަން ޑޮލަރު)


ޖެކްލިން މާސް އަކީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ މުއްސަނދި އަންހެނާއެވެ. އޭނާގެ ދައްތަ ފްރޭންކް ސީ މާސް އުފައްދަވާފައިވާ ދުނިޔޭގެ ކެންޑީ، ޕެޓް ކެއާ އަދި ފުޑް ކޮންގްލޮމަރޭޓް ކަމަށްވާ މާސް އިންކްގެ ތިންބައިކުޅަ އެއްބައި އޭނާއަށް ވަނީ ލިބިފައެވެ.

5- ސަވިތުރީ ޖިންދާލް އެންޑް ފެމިލީ (36.6 ބިލިއަން ޑޮލަރު)


ސަވިތުރީ ޖިންދަލް އަކީ މި ލިސްޓުގައި ހިމެނޭ ހަމައެކަނި އިންޑިއާ މީހާ އެވެ. އޭނާއަކީ ސްޓީލް، ކަރަންޓް، ސިމެންތި އަދި އިންފްރާސްޓްރަކްޗާގެ ދާއިރާއިން ޝައުގުވެރިކަން ހުންނަ ޑައިވާސިފައިޑް އިންޑަސްޓްރިއަލް ކޮންގްލޯމަރޭޓެއް ކަމަށްވާ ޖިންދާލް ގްރޫޕްގެ ޗެއާޕާސަން އެވެ.

6- ރަފައެލާ އަޕޮންޓޭ-ޑިއަމަންތު (36.0 ބިލިއަން ޑޮލަރު)


އެއްވެސް ފަރާތަކުން ވާރުތަ ނުވެ އަމިއްލައަށް އުފެއްދި ވިޔަފާރިން  ބިލިއަނަރަކަށްވި ރަފައެލާ އަޕޮންޓޭ-ޑިއަމަންޓަކީ ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިން ކަމަށްވާ އެމްއެސްސީ (މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ) ގެ ކޯ ފައުންޑަރެވެ. ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ތެރެއިން ހަ ވަނައިގައި އޮތީ އެކަމަނާ އެވެ.

7- މެރިލިން ސައިމަންސް އެންޑް ފެމިލީ (31.0 ބިލިއަން ޑޮލަރު)

ހެޖް ފަންޑް ލެޖެންޑް ޖިމް ސައިމަންސްގެ ވިޑޯ ޖޯންސަން އަކީ ފިޑެލިޓީ އިންވެސްޓްމަންޓްސްގެ ޗެއާމަން އަދި ސީއީއޯ އެވެ. އަދި ދެމަފިރިން ގުޅިގެން އުފެއްދި 4.5 ބިލިއަން ޑޮލަރުގެ ސިމޮންސް ފައުންޑޭޝަންގެ ވިޔަފާރި ބަލަހައްޓަވަނީ ވެސް އެކަމަނާ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *