ރާއްޖެއިން އުމްރާއަށް ދިޔަ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ތައިބާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހެކެވެ.
“މި ގްރޫޕްގެ ހަވާލުގައި ޢުމްރާއަށް ވަޑަގެންނެވި ބޭފުޅުންގެ ތެރެއިން ތ.ވަންދޫ އިސްމާއީލް އަޙުމަދު (70 އަހަރު) މިރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ވަނީ ނިޔާވެފައެވެ. ފަތިސް ނަމާދަށްފަހު މަސްޖިދުލް ޙަރަމްގައި ކަށުނަމާދު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ މަސައްކަތް ގްރޫޕްގެ ފަރާތުން މިވަގުތު ދަނީ ކުރެވެމުން.” ތައިބާ ހަައްޖު އެންޑް އުމްރާ ގުރޫޕުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާއީލް ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.




