ފުއްޕާމެއާއި ކިޑްނީ ޑިޓޮކްސިފައިކުރުމަށާއި ގުދުރަތީ ގޮތުން ކޯޓިސޯލް ލެވެލް ދަށްކުރުމަށް "މުރަނގަ" ކެއުމުން ލިއްބައިދޭ ފައިދާ

ޑްރަމްސްޓިކް ޓްރީ ނުވަތަ މިރަކަލް ޓްރީގެ ނަމުން މަޝްހޫރުވެފައިވާ މި ގަހަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ކެއުމުގައި ބައެއް ފަހަރު ބޭނުންކުރާ އެއްޗެކެވެ. އެވޭލާ ޒަމާނުންސުރެ އިންސާނުންގެ މެދުގައި މުރަނގަ އަކީ ވަރަށް ބޮޑެތި ފައިދާ ތަކެއް ލިއްބައިދޭ ކެއުމެއްކަމަށް ވަނީ ގަބޫލުކޮސްފައެވެ.

ނަމަވެސް ސައިންސުން ޒަމާނުއްސުރެ އިންސާނުންގެ އެ ވިސްނުން ސައިންސްގެ އަލީގައި މިހާރުވަނީ ޔަގީންކޮށްދީފައެވެ. އެގޮތުން  މުރަނގަ އަކީ، ޚާއްޞަކޮށް ހަށިގަނޑުގެ އެތެރޭގެ ސާފުކުރުމަށާއި، ސްޓްރެސް ކުޑަކުރުމާ ގުޅުންހުރި މުހިންމު ފައިދާތަކެއް ފޯރުކޮށްދޭ އެއްޗެއްކަން ސައިންސުން މިހާރުވަނީ ސާބިތުވެފައެވެ.

އެގޮތުން މުރަނގައިން ލިބޭ ފައިދާ ތަކުގެ ތެރޭގައި ފުއްޕާމޭގެ މަސައްކަތް ރަނގަޅުކުރުމާއި، ކިޑްނީގެ އެފިޝަންސީ އިތުރުކުރުމަށް އެހީތެރިވެދިނުމާއި، ސްޓްރެސް ހޯރމޯން (ކޯޓިސޯލް) ރެގިއުލޭޓްކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

ފުއްޕާމޭ ހިމާޔަތްކޮށްދޭ ފައިޓޯކެމިކަލްސް:

މުރަނގަ ފަތްތަކަކީ ކުއާސެޓިން އާއި ކެމްޕްފެރޯލް ފަދަ ކޮމްޕައުންޑްތައް ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. މި ދެ ބާވަތަކީ ވެސް ބާރުގަދަ އެންޓިއޮކްސިޑެންޓްތަކާއި އެންޓި-އިންފްލެމޭޓަރީ މާއްދާތަކެވެ. ނަމަވެސް އެއަށްވުރެ ވެސް ޝައުގުވެރިވާ ކަމަކީ މި ފައިޓޮކެމިކަލްތައް ނޭވާލާ ނިޒާމުތަކާ ގުޅިފައިވާ ގޮތެވެ. ރިވިއުއަކުން ދައްކާ ގޮތުގައި މޮރިންގާއަކީ ފުއްޕާމޭގެ ޓިޝޫތަކުގައި އިންފްލެމޭޝަން ކުޑަކުރުމަށް އެހީތެރިވެދޭ އަދި ބްރޮންކޯޑިލޭޝަން އަށް މަގުފަހިކޮށްދޭ މެކޭނިޒަމްއެކެވެ. މި ކޮލިޓީގެ ސަބަބުން މޮރިންގާ އަކީ ހާއްސަކޮށް ތަޣައްޔަރުކަން ވައި ނުސަފު މާހައުލުގައި އުޅޭ ފަރާތްތަކަށް ވަރަށް މުހިއްމު ފައިދާ ހުރި އެއްޗެކެވެ.

މޮރިންގާގެ ސަލްފަރ ކޮމްޕައުންޑްތަކުން ކިޑްނީ ފިލްޓަރުތައް ސާފުކޮށްދޭ:

ވިޓަމިންސް އާއި މިނަރަލްސް އިން މުއްސަނދިވުމުގެ އިތުރުން މޮރިންގާގައި ގްލޫކޯސިނޯލޭޓްސް އެކުލެވިގެންވާ އިރު، މިއީ ކްރޫސިފަރަސް ތަރުކާރީގައި ވެސް ހިމެނޭ ސަލްފަރ އެކުލެވޭ ކޮމްޕައުންޑްތަކެކެވެ. ކެއުމަށްފަހު، މި ކޮމްޕައުންޑްތައް އައިސޮތިއޯސައިނޭޓްސް އަށް ބަދަލުވެ، ކިޑްނީގައި ހުންނަ ޑިޓޮކްސިފިކޭޝަން އެންޒައިމްތަކަށް އެހީތެރިވެދެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި މޮރިންގާ އެކްސްޓްރެކްޓްގެ ސަބަބުން ވިހަ މާއްދާތަކުގެ ޝިކާރައަކަށްވާ މީހުންގެ ކިޑްނީ އަށް ލިބޭ ގެއްލުން ދަށްކޮށްދެ އެވެ.

އެޑަޕްޓޮޖެނިކް ބިހޭވިއަރ ގެ ޒަރިއްޔާއިން ކޯޓިސޯލް ދަށްކޮށްދޭ:

ގިނަ ގުދުރަތީ ބާވަތްތަކުގައި އެޑަޕްޓޮޖެނިކް ފައިދާތައް (ސްޓްރެސް ހޯމޯންތައް ރެގިއުލޭޓް ކުރުމުގެ ގާބިލުކަން) ހުންނައިރު، މުރަނގާގެ މެކޭނިޒަމް ގިނަ ގުދުރަތީ ގިނަ ބާވަތްތަކަށް ވުރެ ސާފެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި މުރަނގަ ފަތުގެ ކުނޑީގެ ސަބަބުން ސްޓްރެސްޑް، ލެބޯޓްރީ މޮޑެލްތަކުގައި ކޯޓިސޯލް ލެވެލް ވަރަށް ބޮޑަށް ދަށްކޮށްދެ އެވެ. މުރަނގާގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް އާއި ޕޮލިފެނޮލްސް އަކީ އެޑްރިނަލް ގްލޭންޑްތަކާ މުއާމަލާތްކޮށް، ހޯމޯން ބެލެންސް ކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

ފުއްޕާމޭ އާއި ކިޑްނީގެ ޕީއެޗް ބެލެންސަށް އެހީތެރިވެދޭ އަލްކަލައިޒިން އިފެކްޓް:

ހަށިގަނޑުން ޕީއެޗް ލެވެލް ވަރަށް ބޮޑަށް ރެގިއުލޭޓްކޮށް ބެހެއްޓި ނަމަވެސް، ބައެއް ކާނާގެ ސަބަބުން ނުސީދާ ގޮތެއްގައި މި ބެލެންސް ދެމެހެއްޓުމަށް އެހީތެރިވެދެ އެވެ. އެގޮތުން މުރަނގަ އަކީ އަލްކަލައިން އުފައްދައިދޭ އެއްޗަކަށްވާތީ ހަޖަމުކުރުމަށްފަހު އަލްކަލައިން ރެސިޑިއުއެއް އުފައްދައެވެ. ކެއުމުގައި ގަވާއިދުން މުރަނގަ ހިމެނުމަކީ ފުއްޕާމެއާއި ކިޑްނީއަށް ރަނގަޅު މާހައުލެއް ގާއިމުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކްލޯރޯފިލް އާއެކު ގުދުރަތީ ބްލަޑް ޕިއުރިފަޔަރ އެއް:

މުރަނގަ ފަތްތަކުގެ ގަދަ ފެހި ކުލައަކީ ކްލޯރޯފިލް އިން މުއްސަނދި އެއްޗެކެވެ. މި ޕްލާންޓް ޕިގްމެންޓުން ވަނީ ލޭގެ ތެރެއިން ހެވީ މެޓަލްސް އާއި ވިހަ މާއްދާތައް ނައްތާލުމުގެ ގާބިލްކަން ދައްކުވައިދީފަ އެވެ. ކްލޯރޯފިލް އާއި ވީޓްގްރާސް ނުވަތަ ސްޕިރޫލީނާ ގުޅުވާލާއިރު، މޮރިންގާ އަކީ ހަރަދު ކުޑަ އޮލްޓަނޭޝަނެކެވެ. ކްލީންސިން އިފެކްޓް ނުސީދާކޮށް ކިޑްނީ އާއި ފުއްޕާމެއަށް އެހީތެރިވެދެނީ މި ގުނަވަންތަކުން ޕްރޮސެސް ކުރަން ޖެހޭ ވިހަ ލޯޑު މުރަނގާގެ ސަބަބުން ލުއިކޮށްދެއެވެ.

ފުއްޕާމޭގައި ނުސަފުކަމާއި، މިއުކަސް ސާފުކުރުމަށް އެހީތެރިވެދޭ:

ވިޓަމިން ސީ އާއި ބަޔޯފްލެވޮނޮއިޑްސް ގިނަ އަދަދަކަށް އެކުލެވިގެންވާ މުރަނގާގެ ސަބަބުން މިއުކަސްގެ ބޮޑުކަން ކުޑަކޮށްދީ، ފުއްޕާމެއިން ބޭރުކުރުމުގެ މަސައްކަތްތައް އިތުރުކޮށްދެ އެވެ. ދިރާސާތަކުން މިކަމަށް އިތުރަށް މިކަން ސަބިތުވެފައިވާއިރު މުރަނގަ ޕައުޑަރުގެ ސިފައިގައި ނުވަތަ ތާޒާ ޖޫހެއްގެ ގޮތުގައި،  ބޭނުންކުރުމުން ނޭވާލާ ނިޒާމުގެ ސިއްހަތު ރަނގަޅުކޮށްދެއެވެ.

ޑިޓޮކްސިފިކޭޝަންގައި ލިވާއަށް އެހީތެރިވެދެއެވެ:

މުރަނގާގައި ނިއާޒިމިސިން އާއި ސެޕޮނިން ފަދަ ކޮމްޕައުންޑްތައް އެކުލެވިގެންވާ އިރު، ލިވާގެ ފޭސް 1 އަދި ފޭސް 2 ޑިޓޮކްސިފިކޭޝަން ޕާތުވޭއަށް އެހީތެރިވެދެ އެވެ. ލިވާ އެންމެ ރަނގަޅަށް މަސައްކަތް ކުރާއިރު، ކިޑްނީ އާއި ފުއްޕާމޭގައި ވިހަ މާއްދާތައް ބޭރުކުރުމުގައި ސްޓްރެއިން ކުޑައެވެ. މުރަނގާގެ ސަބަބުން ލިވާގެ މަސައްކަތް އިތުރުވެ، އޭގެ ފަހުން އެހެން ޑިޓޮކްސިފައިން ގުނަވަންތަކަށް ބުރަ ކުޑަކޮށްދެއެވެ.

 

މިލިޔުމަކީ ހަމައެކަނި މައުލޫމާތުގެ ބޭނުމަށް ތައްޔާރުކޮށްށް ޖާނަލް އެއްގައި ޝާއިރުކޮސްފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ. ފުއްޕާމޭ، ކިޑްނީ ނުވަތަ ހޯމޯނަލް އިމްބެލެންސްއާ ގުޅޭ ގޮތުން ސިއްހީ މައްސަލަތައް ހުންނަ މީހުން މޮރިންގާ ނުވަތަ އެއްވެސް ހާބަލް ސަޕްލިމެންޓެއް ހިމެނޭ ގޮތަށް ކެއުމަށް ބަދަލުތަކެއް ގެނައުމުގެ ކުރިން ސިއްހީ ހިދުމަތްދޭ ފަރާތެއްގެ އިރުޝާދު ހޯދަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *