ކުޑަކުދިންނާ ބެހުމުގެ ތުހުމަތުގައި ކޯޕައިލެޓަކު ފުލައިޓް ތެރެެއިން ހައްޔަރުކޮށްފި

ކުޑަކުދިންނާ ބެހުމުގެ ތުހުމަތުގައި އެމެރިކާގެ ޑެލްޓާ އެއާ ލައިންސްގެ ކޯ ޕައިލެޓަކު ފްލައިޓް ތެރެއިން ހައްޔަރުކޮށްފި އެވެ.

ޑެލްޓާ އެއާލައިންގައި ކޯޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރާ ފްލޮރިޑާގެ ރައްޔިތެއް ކަމަށްވާ އުމުރުން 34 އަހަރުގެ ރުސްތުމް ބަގްވާގަރް ކުޑަކުއްކަޖަކާ ބެހުމުމުގެ ތުހުމަތުގައި ހައްޔަރުކޮށްްފައިވަނީ ފްލައިޓް ސެންފްރެންސިސްކޯއަށް ޖެއްސުމާއެކު ފުލައިޓް ތރެއިންނެވެ.

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ އެޖެންޓުން ވަނީ ކޯޕައިލެޓް ހައްޔަރުކުރުމަށް އެއާޕޮޓަށް ވަނުމުގެ ހުއްދަ މިނިއާ ޕޮލިސްއިންގެ ކޮންޓްރާ ކޮސްޓާ ކައުންޓީ އޮފިސަރުންނަށް ދީފައެވެ. އަދި އޭނާ ހައްޔަރުކުރުމަށް ފަހު މިހާރުވަނީ އޭނާގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އުފުލައިފި އެވެ.

ކޮންޓްރާ ކޮސްޓާ ކައުންޓީ ޝެރިފް އޮފީހުން މިދިޔަ އޭޕްރީލް މަހުން ފެށިގެން ކޯޕައިލެޓް ބަގްވަގަރްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އޭނާ ހައްޔަރު ކުރުމުގެ އަމުރު ހޯދައި، މިދިޔަ ހޮނިހިރު ދުވަހު ބަގްވާގަރު އެވަގުތު ދަތުރުކުރަމުންދިޔަ ފުލައިޓް ސެންފްރެސްސިސްކޯއަށް ޖެއްސުމާއެކު ހައްޔަރު ކުރުމަށް 10 އޮފިސަރުން މަތިންދާ ބޯޓަށް އަރާފައިވައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *